ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް އުފައްދައިފި

"މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސް" ގެ ނަމުގައި އިދާރާ އެއް އުފައްދައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާއަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައިވާ ކަމަށެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވާގޮތުން ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި މޯލްޑިވްސް ހައިޑްރޯގްރަފިކް ސާވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 487 ކަމުގައި ވެސް ވަނީ ހަމަޖައްސަވާފައެވެ.