އިނގިރޭސި ޕްރިމިއާ ލިީގުގައި ޓޮޓެންހަމް އަދި ލެސްޓާ ސިޓީ ބައްދަލު ކުރި ވާދަވެރި މެޗުގައި ޓޮޓެންހަމް ކުރި ހޯދައިފި އެވެ. ލެސްޓާގެ މައްޗަށް ރޭ ޓޮޓެންހަމް ކުރި ހޯދީ ފޯރިގަދަ ކުޅުމަކަށް ފަހު އެވެ.
މެޗުގައި ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ލެސްޓަ ސިޓީ އެވެ، އެ ލަނޑު ލެސްޓާއަށް ކާމިޔާބު ކޮށްދިނީ ޕެސްޓޮން ޑަކާ އެވެ. މި ލަނޑު ކާމިޔާބު ކުރިތާ ގިނައިރު ތަކެއް ނުވެ ޓޮޓެންހަމްގެ ކެޕްޓަން އަދި އިންގްލެންޑްގެ ވެސް ކެޕްޓަން ހެރީ ކޭން ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ޓޮޓެންހަމައަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ކޭންގެ ލަނޑަށް ފަހު ފުރަތަމަ ހާފު ނިމިގެން ދިޔައީ 1-1 ގެ ނަތީޖާ އެއްގައި އޮވެގެނެވެ. ނަމަވެސް ލެސްޓާއަށް ދެވަނަ ފަހަރަށް 72 ވަނަ މިނެޓުގައި ލީޑު ނަގައި ދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މަޑިސަން އެވެ.
ލެސްޓަ ސިޓީ 2-1 ގެ ނަތީޖާ އަކުން މޮޅުވާން ދަނިކޮށް މެޗުގެ 90 މިނެޓު ހަމަވެގެން އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ތެރެއިން ފަސް ވަނަ މިނެޓުގައި ޓޮޓެންހަމްގެ ފޯވާޑް ބާޖްވިޖިން ނަތީޖާ ދެވަނަ ފަރަށް ހަމަހަމަ ކޮށްދިނެވެ. އޭގެ ދެމިނެޓް ފަހުން ރެފްރީ ކަށިގަނޑު ފުމެލަން ތައްޔާރުވެ ހުއްޓާ ބާޖްވިޖިން ވަނީ އޭނާގެ ދެ ވަނަ ލަނޑު ޖަހައި ޓޮޓެން ހަމް މޮޅު ކޮށްދީފައެވެ.
މި ނަތީޖާ އާއެކު ޓޮޓެންހަމް ވަނީ ކުޅުނު 19 މެޗުން 36 ޕޮއިންޓް ހޯދައިގެން ލީގުގެ ފަސް ވަނައަށް ކުރިޔަށް ޖެހިލާފަ އެވެ. ރޭގެ މެޗުން ބަލިވި ލެސްޓަ ސިޓީ އަދިވެސް އޮތީ ކުޅުނު 19 މެޗުން ލިބުުނު 25 ޕޮއިޓާއެކު ލީގުގެ 10 ވަނައިގައެވެ.
އެހެން ކުލަބު ތަކާއި ހިލާފަށް ލެސްޓާގެ ފަރާތުން ޖެނުއަރީ ޓްރާންސްފާއަށް މާ ބޮޑު ސަމާލުކަމެއް ދޭ ތަނެއް ނުފެނެއެވެ. ނަމަވެސް އާސެނަލް އިން އަންނަނީ ލެސްޓާގެ ބެލްޖިއަމް މިޑްފީލްޑަރު ޔޫރީ ތިލެމަންސް ލޯން އުސޫލުން އެޓީމަށް ގެންދަން މަސައްކަތް ކުރަމުންނެވެ.