ރާއްޖެ ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަށް އަލިފުށި ތައްޔާރު ވެއްޖެ

އަލިފުށި ނަން ލިޔެފައިވާ މޮނިއުމަންޓް ކާރިގައި ޕްރެޒިޑެންޓްސް ކަޕް ޓްރޮފީގެ ރެޕްލިކާއެއް -- ފޮޓޯ: ހުމަދް މަހްލޫފް
0%
0%
0%

އަންނަ އާދީއްތަ ދުވަހު ރ. އަލިފުށީގައި ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަށް އަލިފުށި ތައްޔާރު ވެއްޖެ އެވެ.

އަލިފުށީ ކައުންސިލް ރައީސް އަހްމަދު އިމްރާން މިއަދު އަވަސް އަށް ވިދާޅުވީ ރާއްޖޭގައި ކުޅޭ އެންމެ ޝަރަފުވެރި އެއް މުބާރާތް ކަމަށްވާ ޕްރެޒިޑެންޓް ކަޕްގެ ފައިނަލްމެޗުގައި މި ފަހަރު ވާދަ ކުރާ ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް ރެކްރިއޭޝަން ބައްދަލު ކުރާ މެޗަށް މުޅި އަލިފުށި ތައްޔާރުވެފައިވާ ކަމަށާއި އެންމެ ފަހުގެ ތައްޔާރީތައް ވެސް ވަމުން އަންނަ ކަމަށެވެ.

"ތައްޔާރީތައް އަދި ވެސް މުޅިއަކުން ނުނިމޭ، އެންމެ ފަހުގެ ތައްޔާރީތައް މިހާރު ކުރިޔަށް ދަނީ." އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދަނޑުގެ ޗޭންޖިން ރޫމްގެ ބައެއް މަސއްކަތާއި ރަށް ޒީނަތް ތެރިކުރުމުގެ މަސައްކަތް ކުރިޔަށް ދާއިރު 90 ޕަސެންޓް މަސައްކަތް ނިމި ފައިނަލް މެޗަށް އަލިފުށި ތައްޔާރުވެފަ އެވެ.

ފައިނަލް މެޗުގައި ކުޅޭ ދެ ޓީމަށް މަރުހަބާ ކިޔުމަށް އަލިފުށީގައި އާދީއްތަ ދުވަހު ސަގާފީ ހަރަކާތްތަކެއް ވެސް ކުރިޔަށް ގެންދާނެ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލާއި ގުޅިގެން އަލިފުށީގެ ނަން ލިޔެފައިވާ މޮނިއުމަންޓް ކައިރީގައި ޕްރެޒިޑެންޓްސް ކަޕްގެ ޓްރޮފީގެ ރެޕްލިކާއެއް ވެސް ބަހައްޓާފައައި ވެއެވެ.

ޔޫތް މިނިސްޓަރު އަހްމަދް މަހްލޫފް މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ ކުޅިވަރުގެ ހުރިހާ ކަމެއް ހިންގޭނީ ހަމައެކަނި މާލެގައި ކަމަށް ވިސްނިފައި އޮތް އޮތުން ބަދަލުކޮށް މިހާރު އެކަން މުޅި ރާއްޖެއަށް ފަތުރަމުން އަންނަ ކަމަށެވެ

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910