ދުނިޔެ

ޗައިނާއިން އާޖެންޓިނާގެ ރޭލު ނިޒާމް ޒަމާނީކޮށްދެނީ

އާޖެންޓިނާގެ ރޭލު ނިޒާމް ޒަމާނީ ކުރުމަށްޓައި ޗައިނާއާއެކު ތިން އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މިނިސްޓްރީން އޮފް ޓްރާންސްޕޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން އެއްބަސްވުންތަކުގެ ބޭނުމަކީ އާޖެންޓިނާގައި ޒަމާންވެފައި ހުރި ރޭލު މަގުތައް އާކޮށް ޒަމާނީ ކުރުމެވެ.

ބަޔާނުގައި އަދި ބުނެފައިވާ ގޮތުން ތަރައްގީގެ މަޝްރޫއެއްގައި ދެގައުމު ޝާމިލްވުމަކީ އެއްބަޔަކު އަނެއް ބަޔަކަށް އަޅާލައި އެކުވެރި ކަމުގައި ކުރިއަށް ދިއުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

އާޖެންޓިނާ ދެކޭ ގޮތުގައި ރޭލް ދަނގަޑުތައް ޒަމާނީ ކުރަން ޗައިނާ ކުންފުނިތަކާ ހަވާލު ކުރުމަކީ އެފަދައިން ކުރަން ހުރި އެހެން މަސައްކަތްތަކަށް ވެސް ފުރުސަތު ހުޅުވޭނެ ކަމެކެވެ. އެއް ޕްރޮޖެކްޓް ނިމޭއިރު އަނެއް ޕްރޮޖެކްޓަށް ތައްޔާރުވުމަށް ލިބޭ ފަރިތަކުރުން ތަކެކެވެ.

އެ ބަޔާނުގައި ބުނާ ގޮތުން ޗައިނާ ފިޔަވައި އެވަރުގެ މަސައްކަތްތަކެއް އެކަށީގެންވާ އަގުގައި އަދި ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ބަޔަކު ނެތެވެ.

ޗައިނާއިން 2020 ގައި އާޖެންޓިނާއާ އެކު 4.7 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް ސޮއިކުރި އެވެ. އެއީވެސް ރޭލު ދަނގަޑުތައް ޒަމާނީކޮށް ރޭލްވޭއާ ގުޅުން ހުރި ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރަން ހިންގި ބިޔަ ޕްރޮޖެކެޓެކެވެ.

ޗައިނާއިން މިފަހަކަށް އައިސް ގައުމުތަކުގައި މިފަދައިން ހިންގާ ޕްރޮޖެކްޓްތައް ވަަރަށް ގިނަ އެވެ. ބައެއް ގައުމުތަކުގައި ޗައިނާ ހިއްސާވާ ގޮތަށް ޕްރޮޖެކްޓްތައް ހިންގައި އެއަށް ފަހު އެ އިންޑަސްޓްރީން ލިބޭ ފައިދާއިން ޗައިނާއަށް ބައިއަޅާ ގޮތަށް މަސައްކަތްތަކަށް އިންވެސްޓް ކުރެ އެވެ.

ޗައިނާ ހިއްސާކުރާ ޕްރޮޖެކްޓްތައް ބެލެހެއްޓުމާއި މަރާމާތު ކުރުން ފަދަ ހިނގަ ހިނގާ ހުންނަ ޚަރަދުތަކާ ހަވާލު ވަނީ ވެސް ޗައިނާ އެވެ.