ލިވަޕޫލް

އާސެނަލް ބަލިކޮށް ލިވަޕޫލް ފައިނަލަށް

ޖޮޓާ ގޯލު ޖެހުމުން ލިވަޕޫލްގެ ހުރިހާ ކުޅުންތެރިން އުފާ ފާޅު ކުރަނީ
0%
0%
0%

އިނގިރޭސި ލީގު ކަޕްގައި ސެމީގައި ލިވަޕޫލް އަދި އާސެނަލް ކުޅުނު ދެވަނަ ލެގުން މޮޅުވެ ލިވަޕޫލް ފައިނަލަށް ދަތުރު ކޮށްފި އެވެ.

ލިވަޕޫލުން މި މެޗު ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ. މި ލަނޑުތައް މެޗުގެ 19 ވަނަ މިނެޓުގައި އަދި 77 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ ޕޯޗުގަލްގެ ފޯވާޑް ޑިއޭގޯ ޖޮޓާ އެވެ. މި ދެ ލަނޑުވެސް އެސިސްޓް ކޮށްދީފައި ވަނީ އެލެގްޒެންޑްރޯ އާނޯލްޑެވެ.

މެޗުގައި އާސެނަލް ގެ ފަރާތުން ވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ހަތަރުވަނަ މިނެޓުގައި ލަކަޒެޓް ފޮނުވާލި ހިލޭ ޖެހުން އަމާޒު ވެގެންދިޔައީ ގޯލުގެ ހުރަސް ދަނޑިއަށެވެ. މި ހަމަލާއަށް ފަހުގައި ވެސް އާސެނަލްއިން ވަނީ ލިވަޕުލްގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

އަންނަ މުހުގެ 24 ވަނަ ދުވަހު ކުޅޭ ފައިނަލްގައި ވާދަ ކުރާނީ ޗެލްސީ އަދި ލިވަޕޫލެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910