ބޮލީވުޑް

ބިގް ބޮސް: ފިނާލޭގެ ފަހު ޓިކެޓް ތޭޖާސްވީއަށް

ކަލާޒް ޓީވީން ދައްކާ ރިއަލިޓީ ޝޯ "ބިގް ބޮސް"ގެ މިފަހަރުގެ ސީޒަން ވެސް މިހާރުވަނީ ނިމުމަކާ ގާތް ވެފަ އެވެ. ފައިނަލްގައި ވާދަކުރާނެ ބައިވެރިން ހޮވުމަށް ބޭއްވި އެކަކު އަނެކަކާ ވަރުގަދަޔަށް ހަނގުރާމަކޮށް ޒުވާބުތައް ހިނގުމަށްފަހު އެންމެ ފަހުން މިހާރު ވަނީ އެންމެ ފިނާލޭގެ އެންމެ ފަހު ޓިކެޓް ތޭޖާސްވީ ޕްރަކާޝް ކަށަވަރުކޮށްފަ އެވެ. ތޭޖާސްވީ އަށް ފިނާލޭ ކަށަވަރުވީ އޭނާގެ ލޯބިވެރިޔާ ކަރަން ކުންދްރާ އާއި ގާތް އެކުވެރިޔާ ނިޝާންތު ބަޓްގެ އެހީގަ އެވެ.

ތޭޖާސްވީ އާއެކު ފިނާލޭގައި އެއްވަނަ މަގާމަށް ވާދަކުރަން ހޮވިފައިވަނީ ރާކީ ސާވަންތު، ކަރަން ކުންދްރާ، ޕްރަތީކް ސެހަޖްޕަލް، ނިޝާންތު ބަޓް އަދި ޝަމީތާ ޝެޓީ އެވެ.

ތޭޖާސްވީ އަކީ ކުރިން ވީއައިޕީ އެއް ނަމަވެސް ޝަމީތާ ވަނީ އޭނާގެ މަގާމު ދަށްކޮށްފަ އެވެ. މިކަމާ ގުޅިގެން ވެސް ތޭޖާސްވީ އާއި ޝަމީތާގެ މެދުގައި ވަރަށް ވަރުގަދަ އަރާރުމެއް ހިނގި އެވެ.

ޝަމީތާ އުޅެނީ ތޭޖަސްވީގެ ލޯބިވެރިޔާ ކަރަންގެ ސަމާލުކަން ހޯދައި އޭނާއާ ގާތްވާން ކަމަށް ތޭޖާސްވީ ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެހާ ވަރަކުން ކަރަން ފަހަތުން އަޅައިގަނެގެން އުޅޭއިރު ކަރަން ބޭނުންވަނީ އެ ދެ މީހުން ކުރެ ކާކުތޯ ބަލާލަން ޖެހޭނެ ކަމަށް ޝަމީތާ އާ ދިމާލަށް ތޭޖާސްވީ ބުނާ އަޑު އިވެ އެވެ.

ފިނާލޭ އަށް ދާން ޓިކެޓް ހޯދަން ކުރި މަސައްކަތުގެ ތެރޭގައި ކުރިން ގާތް ދެ އެކުވެރިންގެ ގޮތުގައި އުޅެމުންދިޔަ ދެވޮލީނާ އާއި ރަޝްމީ ދެސާއީގެ މެދުގައި ވެސް ރުޅިވެރިކަން ވަނި އުފެދިފަ އެވެ. ދެވޮލީނާ އާއި ރަޝްމީ އާ ދެ މީހުން ކުރެ އެކަކު ޚިޔާރުކުރަން ކުރިން ފިނާލޭ ކަށަވަރު ކޮށްފައިވާ ރާކީ ސާވަންތު އަށް ޖެހުމުން ދެ މީހުންގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތް ވީ އެވެ.