މިފްކޯ

މިފްކޯއިން ޑީސަލްގެ އަގު ބޮޑުކޮށްފި

މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ވެސް ބޮޑުކޮށްފި އެވެެ.

މިފްކޯއިން ބުނީ އާމުންނަށާއި މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު ބޮޑުކުރީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގުތަށް ބޮޑުކުރުމާއި ގުޅިގެން ކަމަށެވެ.

ކުރިން މިފްކޯއިން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކަމުނ ދިޔައީ 9.03 ރުފިޔާ އަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 13.19 ރުފިޔާ އަށެވެ.

ޑީސަލްގެ އަގު ބޮޑުކުރުމާއެކު މިއަދުން ފެށިގެން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 12.08 ރުފިޔާ އަށް ކަމަށެވެ. އަދި އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 14.26 ރުފިޔާއަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވާތީ އެސްޓީއޯ އިން ރާއްޖޭގެ ބާޒާރުގައި ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފައިވަނީ އިއްޔެ އެވެ. އެ ބަދަލާއެކު ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކާނީ 12.06 ރުފިޔާއަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 12.44 ރުފިޔާ އަށެވެ.