ކުށާއި ކުށުގެ ބިރުވެރިކަން އަތޮޅުތަކުގެ ރަށްރަށަށް ފެތުރުމުގެ ކަންކަން ބަޔަކު ހިންގަމުންދާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ތ. ބުރުނި ޕޮލިސް ޕޯސްޓް ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ސީޕީ ހަމީދު ވިދާޅުވީ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރަނީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދޭން ކަމަށެވެ. ނަމަވެސް ކުށާއި ކުށުގެ ބިރުވެރިކަން ރަށްރަށަށް ފެތުރުމުގެ ކަންކަން ބަޔަކު ކުރާތީ އޭގެ ނުރަނގަޅު އަސަރު ބުރުނީ އާއި އެހެން ރަށްތަކަށް ވެސް ފޯރުން އެއީ ފުލުހުން މިއަދު ސަމާލުވާން ޖެހޭ ކަމެއް ކަމަށެވެ.
ހަމީދު ވިދާޅުވީ ރަށްރަށުގައި ހިންގާ ކުށްތަކާއި ރަށްތަކަށް ތައާރަފުވުމުގެ ފުރުސަތު އޮތް ކުށްތަކުން ރަށްތައް ސަލާމަތްކޮށް، ރައްކާތެރިކަން ގާއިމް ކުރުމަށް ފުލުހުން ގާއިމްވެ ތިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.