މޯލްޑިވްސް ޕޮލިސް ސާވިސް

މޫދުގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ

Jan 22, 2022

އއ. އަތޮޅުގައި ހިންގާ ސަފާރީ އައިލޭންޑް ރިސޯޓުގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ މަރުވެފައިވަނީ އުމުރުން 61 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އެއީ ކޮން ގައުމަކަށް ނިސްބަތްވާ މީހެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.

އެ މީހާ މަރުވީ މިއަދު ހަވީރު މޫދަށް އެރުނު ފަހުން ކަމަށްވެ އެވެ. އެކަމަކު އެމީހާ މަރުވީ ގެނބިގެންކަމެއް ނުވަނަ ގުދުރަތީ ކަމެއްގެ ސަބަބުން ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:39 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މަރުވި ފަތުރުވެރިޔާގެ ހަށިގަނޑު މަހިބަދޫ ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފަ އެވެ.

ހޮސްޕިޓަލްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށްވެސް ބުނެފަ އެވެ.