ބޮލީވުޑް

ޕެންޑެމިކާއެކު ހާލުގައި ޖެހުނު: މިތުން

"ހުނަރުބާޒު" ގެ ޖަޖުން: މިތުން (ވ) ޕަރިނީތީ އަދި ކަރަން ޖޯހަރް
0%
0%
0%

ކޮރޯނާވައިރަސް ފެތުރޭތީ އިންޑިޔާ ފުރަތަމަ ލޮކްޑައުންކުރި އިރު އޭނާ އާއި އާއިލާއަށް ވަރަށް އުނދަގޫ ދުވަސްތަކެއް ތަހައްމައްލު ކުރަން ޖެހުނު ކަމަށް ކަލާޒް ޗެނަލްގެ އާ ރިއަލިޓީ ޝޯ "ހުނަރުބާޒް" ގެ އެއް ޖަޖު އަދި ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީ ބުނެފި އެވެ.

މިތުންގެ ގިނަ އަދަދެއްގެ ރެސްޓޯރަންޓްތައް އިންޑިއާގެ އެކި ރަށްތަކުގައި ހުރެ އެވެ. ނަމަވެސް ލޮކްޑައުން ކުރުމުން އެންމެ ކޮފީތައްޓެއްހާ ހިސާބު ވެސް އެ ތަންތަނުން ނުވިކި އަތްމަތި ދަތިވި ކަމަށް ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދައްކަމުން މީގެ ދުވަސްކޮޅެއް ކުރިން މިތުން ބުނެފައި ވެއެވެ.

"ކޮރޯނާވައިރަސްގެ ސަބަބުން ދިރިއުޅުން މުޅިން ބަރުބާދު ވެއްޖެ،" މިތުން ބުންޏެވެ.

އޭނާ ބުނި ގޮތުގައި އިންޑިޔާ ސަރުކާރުން ވެސް ޓޫރިޒަމާއި ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ސަޕޯޓެއް ނުދެ އެވެ. މި ޕެންޑެމިކްގައި އެންމެ ބޮޑު ގެއްލުމެއް ވީ އެ ދެ އިންޑަސްޓްރީއަށް ކަމަށާއި ދުވަހު މުސާރައަށް އުޅޭ މީހުން މިހާރު އުޅޭ ހާލު ހީކޮށްލާފައި ބިރުން ތުރުތުރު އަޅާކަމަށް ވެސް މިތުން ބުންޏެވެ.

މިހާރު 71 އަހަރު ފުރިފައިވާ މިތުން ބުނީ އޭނާގެ އާއިލާގައި އަދިވެސް އާމްދަނީ ލިބޭ މީހަކަށް ހުރީ އޭނާ އެކަނި ކަމަށެވެ. އަދި ޕެންޑެމިކް ތެރޭގައި ރެސްޓޯރަންޓްތަކަށް ފައިސާ ނުލިބޭތީ އެ ލިބޭ އެއްޗެއް މުވައްޒަފުންގެ މެދުގައި ބަހާލަން އޭނާ އެ ތަންތަނަށް އެންގި ކަމަށް މިތުން ކިޔައިދިނެވެ.

"ހުނަރުބާޒް" ގައި މިތުން އާއެކު ފަނޑިޔާރުންގެ ގޮތުގައި ފެންނާނީ ޕަރިނީތީ ޗޯޕްޅާ އާއި ކަރަން ޖޯހަރް އެވެ. މި ޝޯގެ އެއް ޕްރޮމޯގައި ޑާންސް ޕާފޯމަންސެއް ބަލާފައި މިތުން ވަރަށް ޖަޒުބާތީވާތަން ފެނިފައި ވެއެވެ.

"ކާލާނެ އެއްޗެއް ލިބޭތޯ ޕާޓީތަކުގައި ނެށި ދުވަސްތައް އަހަރެން ހަނދާނަށް އައީ،" ޕްރޮމޯގައި މިތުން ބުނާތަން ފެނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345