ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން 9 ސްކޫލެއްގެ ސެން ކްލާހަށް އެހީ

Jan 24, 2022

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނުވަ ސްކޫލެއްގެ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާހަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފި އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވުމަށް ހަދިޔާކުރެވެނު ތަކެއްޗަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އަދި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާއެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 330 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ބޭނުންކުން އެހީވި ސްކޫލްތަކަކީ ށ. ފުނަދޫ ސްކޫލު، ނ. ހޮޅުދޫގެ މޭނާ ސްކޫލް، ޅ. ނައިފަރުގެ މަދަރުސަތުލް އިފްތިތާހް، ކ. ގުރައިދޫ ސްކޫލް، އއ. އުކުޅަސް ސްކޫލް، އދ. މަހިބަދޫގެ އދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. ގަމުގެ އިހައްދޫ ސްކޫލް، ގއ. ކޮލަމާފުށީގައި ހުންނަ ގއ. އަތޮޅު ސްކޫލް އަދި ގދ. މަޑަވެލި ސްކޫލެވެ.

މިވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ބީއެމްއެލް އިން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.