ހަބަރު

ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ލީގު ވަން ގައި ރޭ ރެއިމްސް އަތުން 4-0 އަކުން މޮޅުވެ ޕީއެސްޖީން އެއް ވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ

ރޭގެ މެޗުގައި ޕީއެސްޖީން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ފުރަތަމަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ކިލިއަން އެމްބާޕޭ ވަނީ ވަރަށް ނުރައްކާތެރި ހަމަލާއެއް އުފައްދާފަ އެވެ. އ ހަމަލާ ދިޔައި ރެއިމްސްގެ ދަނޑި ކަނާތްފަރާތު ދަނޑި ކާރިން ބޭރަށެވެ.

ޕީއެސްޖީ އާއި ހިލާފަށް ރެއިމްސް އަށް އުފެއްދިފައި ވަނީ މުޅިމެޗުގައި ވެސް މަދު ހަމަލާއެކެވެ. އެގޮތުން ޕީއެސްޖީން އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 44 ވަނަ މިނެޓުގައި އިޓަލީގެ މިޑްފީލްޑާރު އަދި ޕްލޭ މޭކަރު މާކޯ ވެރާޓީ އެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމުނީ 1-0 އިން ޕީއެސްޖީ ކުރީގައި އޮވެގެނެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ސާޖިއޯ ރާމޮސް ފޮނުވާލި ބޯޅަ ރެއިމްސްގެ ކީޕަރުގެ އަތުގައި ޖެހިފައި ބައުންސަށް ނިކުތް ބޯޅަ އަނެއްކާ ރާމޯސް ވަނީ ގޯލަށް ފޮނުވާލައިގެން މެޗުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ޕީއެސްޖިއަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މެޗުގައި ޕީއެސްޖީން ކާމިޔާބު ކުރި ތިން ވަނަ ލަނޑަކީ މެޗުގެ 67 ވަނަ މިނެޓުގައި ވެރާޓީ ގޯލަށް ފޮނުވާލުމުގެ ތެރެގަައި ރެއިމްސްގެ ވައުޓް ފޭސްގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަދެގެން ދިޔަ ގޯލެކެވެ.

މި މެޗުގައި ޕީއެސްޖީގެ ފަހު ލަނޑު ޖެހީ 75 ވަނަ މިނެޓުގައެވެ. މި ގޯލު ކާމިޔާބު ކުރީ އެމްބާޕޭ ދިން ބޯޅައަކުން ޑެނިލޯ ޕެރެއިރާ އެވެ.
ރޭގެ މެޗުގައި ލަޔޮނަލް މެސީ ޕީއެސްޖީގެ ފުރަތަމަ އެގާރާއިގައި ހިމަނާފައެއް ނުވެއެވެ.