ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ދެވަނަ ފިޔަވަހީގައި ސާމްޕަލް ކަލެކްޝަން ސެންޓަރެއް

Jan 25, 2022

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށް މިއަދު ހިދުމަތް ދޭން ފަށާނެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ އާ ސާމްޕަލް ކަލެކްޝަން ސެންޓަރު ހުޅުވާނީ މިއަދު މެންދުރުފަހު 3:30 ގައި ކަމަށެވެ. އެތަން ހުންނާނީ ހިޔާ ފްލެޓް ސަރަހައްދުގައި، އެޗް 8 ޓަވަރު ކައިރީ އެވެ. އެތަނުން 3:30 އިން 6:30 އަށް ސާމްޕަލް ނަގައިދޭނެ އެވެ.

އެޗްޕީއޭއިން މީގެ ކުރިން ވަނީ ހެންވޭރު ދަނޑުގައި ވެސް ސާމްޕަލް ކަލެކްޝަން ސެންޓަރެއް ގާއިމްކޮށްފަ އެވެ. އެތަނުން ހަވީރު ތިނަކުން ހަޔަކަށް ސާމްޕަލް ނަގައިދެ އެވެ.

މާލެ ސަރަަހައްދުން ސާމްޕަލް ނަގައިދޭ އިތުރު ތަންތަނަކީ، ސޯޝަލް ސެންޓަރު، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު އެކަކުންނެވެ.

ފްލޫ ކްލިނިކްތައް ހުންނަނީ ސެނެހިޔާ، ވިލިމާލެ ފްލޫ ކްލިނިކް އަދި ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.

ސާމްޕަލް ނަގައިދޭ ވަގުތުތަކުގައި ސެނެހިޔާ ފްލޫ ކްލިނިކް ސަރަހައްދުގައި އަބަދުވެސް ދިގު ކިއުތަކެއް އޮވެ އެވެ.

މާލެއިން ރަށްރަށަށް ދާއިރު ކޮވިޑް ޓެސްޓް ހަދަން މަޖުބޫރު ކުރުމުން އެތައް ބަޔަކު ސާމްޕަލް ދޭން ކިއުތަކުގައި ގިނައިރު ތިބެ އެވެ. މި ސެންޓަރުތަކަށް ބާރު ބޮޑުވަނީ ހިލޭ ޓެސްޓް ކޮށްދޭތީ އެވެ.

ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން ކޮވިޑަށް ޓެސްޓް ކޮށްދެނީ 500 ރުފިޔާ އިން މަތީގެ އަގުތަކެއްގަ އެވެ.