ހަބަރު

ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފް މެޗަށް ބަލަޓޮލީ

ބަލަޓޮލީ. އިޓަލީގެ ގައުމީ ޓީމަށް އަލުން ބަލޮޓެލީ ވަނީ ނަގާފައި
0%
0%
0%

އިޓަލީގެ ގައުމީ ޓީމުގެ ސްކޮޑަށް އަނެއްކާވެސް މާރިއޯ ބަލޮޓެލީ ނަގައިފި އެވެ.

ކުރިން އިޓަލީ ގައުމީ ޓީމަށް ކުޅެ، ޔޫއެފާ ޔޫރޯ އަދި އެޓީމަށް މުހިއްމު ގޯލުތަކެއް ވެސް ޖަހައިދީފައިވާ ބަލޮޓެލީ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލުނީ 2018 ވަނަ އަހަރު އެވެ.

ބަލަޓޮލީ މިހާރު ކުލޭމުން ދަނީ ތުރުކީގެ ކުލަބެއް ކަމަށްވާ އަދަނާ ޑެމިސްޕާ އަށެވެ. ތުރުކީ ސުޕަ ލީގަކީ ބަލަޓޮލީގެ އިތުރުން ޖަރުމަންގެ ތަރި މެސިތު އޮޒިލްވެސް ކުޅެމުން އަަންނަ ލީގެވެ. އޭނާ ތުރުކީ ލީގުގައި ކުޅެނީ ފެނަބާޗޭ އަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އަންްނަ ހަފުތާ އިއުލާން ކުރާ އިޓަލީ ސްކޮޑުގައި ހިމަނާ 35 ކުޅުންތެރިންގެ ތެރޭގައި ބަލޮޓެލީ ވަނީ ހިމަނާފަ އެވެ.

ގައުމީ ޓީމަށް ކުޅުނު މަދު ދުވަސް ކޮޅުގެ ތެރޭގައި 35 މެޗުން ބަލަޓޮލީ ވަނީ 16 ގޯލު ކާމިޔާބު ކޮށްފަ އެވެ. މިއީ އިޓަލީގެ ގައުމީ ޓީމަށް ކުރު މުއްދަތެއްގައި ކުޅެ ބަލަޓޮލީ ހަދާފައިވާ ރެކޯޑެކެވެ.

އިޓަލީގެ ސްކޮޑަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން ޕްލޭ އޮފް މެޗަށް ތައްޔާރުވުމަށް ވަރަށް ބޮޑަށް ޓެކްޓިކަލީ ބަލައިގެން މަންޗިނީ ނަގާފައިވާ ސްކޮޑެކެވެ.

2020 ވަނަ އަހަރު ބޭއްވި ޔޫއެފާ ޔޫރޯ ކާމިޔާބުކުރި އިޓަލީ އަށް ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ގްރޫޕް ސްޓޭޖުން ސީދާ ޖާގައެއް ޔަގީންވެފައެއް ނުވެ އެވެ. އެހެންކަމުން އެޓީމަށް މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް ދެވެން އޮތީ ކޮލިފިކޭޝަން ޕްލޭ އޮފް ކާމިޔާބުކޮށްގެންނެވެ.

ޕްލޭ އޮފް މެޗްގައި އިޓަލީ ބައްދަލުކުރާނީ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭ ވަރުގަދަ ޕޯޗުގަލް ޓީމާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910