ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފިނޭންސް މިނިސްޓްރީ

ކޮވިޑް ސާމްޕަލް އުފުލަން 13 ލޯންޗް ހޯދަނީ

Jan 26, 2022
2
ކޮވިޑް ޓާސްކް ފޯހުގެ ފްރޮންޓްލައިން އޮފިސަރަކު ކޮވިޑް ސާމްޕަލް ހިފައިގެން ސީއެމްބިއުލާންސްގައި މާލޭގެ ޖެޓީއާ ކައިރި ކުރަނީ: ކޮވިޑް ސާމްޕަލް އުފުލަން 13 ލޯންޗް ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާންކޮށްފައި -- ފޮޓޯ: އަވަސް
100%
0%
0%

ކޮވިޑް-19 އާއި ގުޅިގެން ނަގަމުންދާ ސާމްޕަލްތައް އެއް ތަނުން އަނެއް ތަނަށް އުފުލުމުގެ މަސައްކަތަށް 13 ސްޕީޑް ބޯޓު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން، ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ "ކޮވިޑް 19 އެމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމް ޕްރިޕެއާޑްނަސް ޕްރޮޖެކްޓް" ގެ ދަށުން ސާމްޕަލް ޓްރާންސްފާ ކުރުމަށް 13 ސްޕީޑް ބޯޓު ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. ސްޕީޑް ބޯޓުތައް ހޯދަނީ ހެލްތު މިނިސްޓްރީގެ ބޭނުމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ބީލަމަށް ޝަރުތު ހަމަވާ ފަރާތެއް ކަނޑައަޅާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން -- އައިސީބީ އުސޫލުގެ މަތިން ކަމަށެވެ. އަދި އެކަން ކުރާނީ ވޯލްޑް ބޭންކް ގައިޑްލައިންސް: އައިޑީއޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ގައުމުތަކުން ތަކެތި ހޯދުމާއި މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ތައްޔާރުކޮށްފައިވާ ރެގިއުލޭޝަނާ ވެސް އެއްގޮތަށް ކަމަށެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށް 1،500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން-ރިފަންޑަބަލް ފީއެއް ދައްކަންޖެހެ އެވެ.

މި ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 25،000 އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދާ އެއްވަރު އަދަދެއްގެ ދިވެހި ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ހުށަހަޅާ ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗު 10 ވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގަ އެވެ.

ކޮވިޑްގެ އާ ވޭރިއަންޓް -- އޮމިކްރޯން ރާއްޖެއިން ފެނުނު ފަހުން ރާއްޖެއިން ފެންނަ ކޮވިޑް ކޭސްތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެކަމަކު ކޮވިޑް 19ގެ ޕޮޒިޓިވް ކޭސްތައް ދެނެގަތުމަށް ހަދަންޖެހޭ ޕީސީއާރް ޓެސްޓް، އަދިވެސް ރާއްޖޭގެ ގިނަ ރަށްތަކުގައި ހެދޭނެ އިންތިޒާމު ގާއިމުކޮށްފައެއް ނުވެ އެވެ. އެހެންވެ ރަށްރަށުން ސާމްޕަލް ނެގުމަށްފަހު ޓެސްޓް ހެދެން ހުރި ހޮސްޕިޓަލަކަށް ވައިގެ މަގުން ނުވަތަ ކަނޑުމަގުން ސާމްޕަލްތައް ގެންދިއުމަށް ބޮޑު ހަރަދެއް ކުރެ އެެވެ.

ރާއްޖެއިން އިއްޔެ 2،609 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާއިރު 122،777 މީހަކަށް ރާއްޖޭގައި މިހާތަނަށް ވަނީ ބަލި ޖެހިފަ އެވެ. ރާއްޖޭގައި މިވަގުތު 16،666 މީހަކު ބައްޔަށް ފަރުވާ ހޯދަމުންދާއިރު ޖުމްލަ 105،827 މީހަކު ވަނީ ބަލިން ރަނގަޅު ވެފަ އެވެ. ރާއްޖޭގައި ކޮވިޑް ބަލީގައި މިއަދުގެ މިހާތަނަށް 272 މީހަކު މަރުވެފައިވާއިރު 57 މީހަކަށް މިވަގުތު ވެސް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ދުމައިން

މިއަށްވުރެ ގައިމުވެސް އެފިޝަންޓްވެފަ އަގުހެޔޮވާނެ އަތޮޅަކަށް ޕިސީ އާރު މެޝިނެއް ގެނަޔަސް. ރޯމާ ދުވާލު ހިންގާ ފޭރުމެއް މިއީ. ރައްޔިތުން މިތިބީ ބިތްޖެހިފަތަ އަޅެފަހެ. މީގެ ލޯންޗެއްގެ އަގު 2 މިލިއަން ރުފިޔާ. ޕީސީއާރު މެޝިން އިންޓޮލޭޝަނާއެކު 8 ލައްކަ ރުފިޔާ. އޯޑަރު ދޭތާ 35 ދުވަސްތެެރޭ ޑެލިވަ ކުރޭ. ލޯންޗް ޑެލިވާ ކުރެވޭނީ 3 މަސް ދުވަހުން. އެއައްވުރެ އަވަހަށް ކުރެވެންޏާ އެއީ ގޯހެއް. އެއީ އިއުލާން ކުރުމުގެ ކުރިން ވަހަކަދެކެވި އެކަމަށް ކުރިއާލާ ތައްޔާރުވެގެން ހިންގޭ ވައްކަމެއް. ހޭއަރާ ރައްޔިތުންނޭ!

ޒިހަން

ކަންތައްތައް ކުރަން ނޭގެންޏާ އިސްތިއުފާދީބަލަ. ނިކަމެތިން އިތުރަށް ނިކަމެތިކޮށް ނަފްސާނީ ކޮށްފި. ނުބައި ނުލަފާ ޔަހޫދީ ސަރުކާރެއްމި

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345