ބޮލީވުޑް

މޯނީ ރޯއީ އާއި ސޫރަޖް މިއަދު ކައިވެނި ކުރަނީ

ޓީވީ އަދި ބޮލީވުޑް ބަތަލާ މޯނީ ރޯއީގެ ކައިވެނީގެ ރަސްމިއްޔާތުތައް ފެށިގެން ކުރިޔަށް ދާތާ ދެ ދުވަހެއް ވެއްޖެ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ކައިވެނީގެ ރަސްމިއްޔާތު އޮންނާނީ މިއަދުގެ ވަގުތެއް ގައެވެ.

މޯނީ ކައިވެނިކުރަނީ ޑުބާއީގައި ދިރިއުޅޭ އިންޑިޔާގެ ވިޔަފާރިވެރިއެއް ކަމަށްވާ ސޫރަޖް ނަމްބިއާ އާއެވެ.

އިންޑިއާގެ ގޯއާގައި ކުރިޔަށްދާ މި ކައިވެނީގެ ރަސްމިއްޔާތުގައި ބައިވެރިވަނީ ޓީވީ އެކްޓަރުންގެ ތެރޭގައި ހިމެނޭ މަންދިރާ ބޭދީ އާއި އަރްޖުން ބިޖިލާނީ އެވެ. ހިމެނޭ މޯނީގެ ގާތް އެކުވެރިންނާއި އާއިލާގެ މީހުން އެކަންޏެވެ. ސަބަބަކީ ކޮވިޑް ފެތުރޭތީ މާ ގިނަ ބަޔަކަށް ދައުވަތު ދިނުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެވެ.

މޯނީ ކައިވެނިކުރާ ވާހަކަ ނޫސްތަކުގައި ލިޔުނު ނަމަވެސް ދާދި ފަހަކާ ޖެހެން އޭނާ ހުރީ މި ކައިވެނީގެ ވާހަކަތައް ސިއްރު ކޮށްގެންނެވެ. ކައިވެނިކުރާކަން މޯނީ އިއުލާން ކުރީ މިދިޔަ ހަފުތާގަ އެވެ.

ފިލްމީ ރޮނގުން ބަލާއިރު މޯނީ މިހާރު ކުޅެމުންދަނީ "ބްރަހްމަޝްތުރާ" އެވެ. މި ފިލްމުގައި މޯނީ އާއެކު ހަރަކާތްތެރިވަނީ ރަންބީރު ކަޕޫރާއި އާލިއާ ބަޓް އަދި އަމީތާބު ބައްޗަން އެވެ.