އިންޑިޔާގެ ޓްރެވިންޑްރަމްގައި މި މަހުގެ 23 އިން އަންނަ ޖެނުއަރީ 3 ވަނަ ދުވަހަށް ސާކުގެ އަށް ގަމުގެ ގެ ތެރެއިން ޕާކިސްތާނު ފިޔަވައި ދެން ހިމެނޭ ހަތް ގައުމުގެ މެދުގައި ބާއްޗާ ސާފު ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތް ކަވަރު ކުރަން "އަވަސް" ގެ ސްޕޯޓްސް އެޑިޓަރު އަދި ތަޖުރިބާކާރު ނޫސްވެރިޔާ އަބްދުﷲ އަޒްމީން އިންޑިއާއަށް ހިނގައްޖެ އެވެ.
މި މުބާރާތު މެޗްތަކާއި މުބާރާތާގުޅޭ ހަބަރާއި ރިޕޯޓްތަކާއި ފޮޓޯތައް އަވަސް މެދުވެރިކޮށް އިންޑިޔާއިން އަޒްމީން ގެނެސްދޭއިރު މުބާރާތުގެ ހުރިހާ ކަމެއް ހިމެނޭ ގޮތަށް ހާއްސަ ކަވަރޭޖެއް ގެނެސް ދިނުމުގެ ގޮތުން އަވަސް އިން ވަނީ މިފަހަރުގެ އިންޑިޔާގައި ބާއްވާ މުބާރާތާއި ބައިވެރިވާ ގައުމުތަކާއި މި މުބާރާތުގެ މާޒީގެ މައްޗަށް ބަލާލައި ހާއްސަ ގައިޑަކާއި ވަކިން ބޭނުން ކުރެވޭ ގޮތަށް މި މުބާރާތުގެ ކުރީގެ ތަރިންގެ މައުލޫމާތާއެކު ސްކޯޗާޓެއް ވެސް ތައްޔާރުކޮށްފައި ވެއެވެ. މީގެ އިތުރުން ނޫހުގައި މުބާރާތަށް ހާއްސަ ޕޭޖެއް ވެސް ވަނީ ގާއިމްކޮށްފަ އެވެ.
އަވަސްގެ ސާފު ސްޒުކީ ކަޕްގެ ގައިޑާއި ސްކޯ ޗާޓާއި ހާއްސަ ޕޭޖް ރަސްމީކޮށް އާންމުކުރާނީ މާދަމާގެ ވަގުތެއްގަ އެވެ.
ގިނަ އަދަދެއްގެ ދިވެހިން އުޅޭ ޓްރެވިންޑްރަމަށް އަޒުމީން ދަތުރު ކުރުމަށްފަހު ހޭދަ ކުރާ ދުވަސްތަކުގެ ތެރޭގައި މި މުބާރާތު ގުޅޭ ހުރިހާ ހަބަރެއްގެ އިތުރުން ޓްވިރެވިންޑްރަމްގައި ދިރިއުޅޭ ދިވެހިން މުބާރާތަށް ތައްޔާރުވެފައިވާ ގޮތާއި ދިވެހި ޓީމަށް ސަޕޯޓް ކުރާ މަސައްކަތްތަކާއި ތައްޔާރީތަކާއި މުބާރާތަށް މާލެއިން ދަތުރު ކުރާ ދިވެހިންނާއި އެމީހުންގެ ހަރަކާތްތަކާއި ވެސް ފޮޓޯއާއެކު ގެނެސްދޭނެ އެވެ.
ސާފް ސުޒުކީކަޕްގައި އަވަސް ކަވަރޭޖް މެއިން ސްޕޮންސާ އަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. ކޯ ސްޕޮންސަރުންނަކީ ގޯލްޑަން ލޭން އާއި މޯލްޑިވިއަން އެވެ.