އުމުރުން 106 އަހަރުގައި މިއަދު ނިޔާވި ޏ. ފުވައްމުލަކު / ފަތަގުމާގެ އަލީ ސުލައިމާން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.
ސުލައިމާނަކީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ދޮށީ އުމުރުގެ މީހުންގެ ތެރޭގައި ހިމެނޭ އެކެކެވެ. އުމުރުން 100 އަހަރުން މައްޗަށް ގޮސްފައިވާ ދިވެހީންގެ އަދަދު މަދެވެ.
އޭނާ ނިޔާވެފައިވަނީ މާލޭގައި އާއިލާއާއެކު ދިރިއުޅޭ ގޭގައެވެ. ނިޔާވުމާއި ގުޅިގެން އައިޖީއެމްއެޗަށް ގެންދިއުމުން އާންމު އުސޫލުން އެ ހޮސްޕިޓަލުން ވަނީ ސުލައިމާންގެ ސާމްޕަލް ނަގާ ކޮވިޑަށް ޓެސްޓްކޮށްފައެވެ.
އެޗްޕީއޭއިން ބުނީ އެ ސާމްޕަލްގެ ނަތީޖާ ޕޮޒިޓިވް ކަމަށެވެ.
އެހެން ކަމުން ސުލައިމާންގެ ޖަނާޒާކުރިއަށް ގެންދިޔައީ ކޮވިޑްގަައި ނިޔާވާ މީހުންގެ ޖަނާޒާ ކުރިއަށް ގެންދާ ހުޅުމާލެ ސަހަރާގައެވެ.