ހުޅުމާލެ

ހުޅުމާލެ ފެރީގައި ރާ ބޮއެގެން ތިބި ބިދޭސީންތަކެއް ހައްޔަރުކޮށްފި

ރާ ބޮއެގެން ހުޅުމާލެއާ މާލެ ދެމެދު ދަތުރުކުރާ ފެރީއެއްގައި އަޑުގަދަ ކުރިބަޔަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ ބުނީ މިއަދު 6:15 އެހާ ކަންހާ އިރު ހުޅުމާލެއަށް ދިޔަ ފެރީއެއްގައި ބިދޭސީ ބަޔަކު އޭގަ ތިބި އެހެން މީހުނަށް އުންދަގޫވާ ވަރަށް އަޑުގަދަކޮށްގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި އަދި އެމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ބިދޭސީ ހަތަރު މީހުން ކަމަށެވެ. އެހެން ނަމަވެސް ހައްޔަރު ކުރީ ކޮން ގައުމެއްގެ ބައެއް ކަމެއް ސާފެއް ނުވި އެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ތިބީ މަސްތުގެ ބޭނުން ކޮށްގެން ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. އަދި އެމީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފެރީ ޓާމިނަލް އަށް ފޭބުމުން ނެވެ.

މިމައްސަލާގައި މިއަދު ހައްޔަރު ކުރި ބިދޭސީންނަކީ ހުޅުލޭގައި ދިރިއުޅޭ މީހުންނެވެ. އަދި އެމީހުން ރާ ބުއީ ހުޅެލެ އައިލެންޑު ހޮޓަލް ކަން އެނގިފައި ވެއެވެ.