އިލެކްޝަންސް ކޮމިޝަން

ކޮމަންޑޫ ބައި-އިލެކްޝަން: ފައިނަލް ލިސްޓް ނެރެފި

އިލެކްޝަންސް ކޮމިޝަންގެ އިސްވެރިން: ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު ވަނީ އާންމުކޮށްފައި --
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު މިއަދު އާންމުކޮށްފި އެވެ.

ކޮމިޝަނުން މިއަދު އާންމުކުރި ލިސްޓްގައިވާ ގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވެއެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާ ދިމާކޮށް އެ ދާއިރާ އަށް އަމާޒުކޮށްގެން ސަރުކާރުން ވަރަށް ގިނަ މަޝްރޫއުތައް އިއުލާންކޮށް ބައެއް މަޝްރޫއުތައް މިހާރު ވަނީ ފަށާފަ އެވެ. ސަރުކާރުން މަޝްރޫއުތައް އިއުލާންކުރަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެފަދަ މައްސަލަތައް އެކޮމިޝަނުން އަމިއްލަ އިސްނެގުމަށް ނުބެލޭނެ ކަމަށާއި އެއްވެސް ފަރާތަކުން އެއްވެސް މައްސަލައެއް ހުށަހަޅައިފިނަމަ ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލައެއް ބަލާނެ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345