ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

މާފުށީ ޖަލުން 298 މީހަކަށް ކޮވިޑް ޖެހުނު

ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ޖަލު އޮފިސަރުންތަކަކާ އެކު މާފުށި ޖަލުގައި -- ފޮޓޯ: ކަރެކްޝަންސް
0%
0%
0%

މާފުށީން ޖަލުން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 130 މީހަކު އެ ބަލީން ފަސޭހަވެފައިވާ ކަމަށާ މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 168 ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނުން އާންމުކޮށްފައިވާ މައުލޫމާތުތަކުން މިވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 168 ކެވެ. އޭގެ ތެރޭގައި ހިމެނެނީ 15 އޮފިސަރުންނާއި 153 ގައިދީންނެވެ. ތިން އޮފިސަރަކު ކަރަންޓީންގައި ތިބިއިރު ބަލި ޖެހުނު 16 އޮފިސަރަކު ވަނީ ބަލީން ފަސޭހަވެފައެވެ.

ގައިދީންގެ ތެރެއިން 82 މީހަކު ކަރަންޓީން ކޮށްފައިވެއެވެ. އަދި 114 ގައިދީއަކު ވަނީ ބަލީން ފަސޭހަވެފައެވެ.

މާފުށީ ޖަލުގައި ކޮވިޑް ފެތުރެމުންދާތީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އަދި ކަރެކްޝަންސްގެ އުސޫލުތަކުގެ ދަށުން ފިޔަވަޅުތައް އަޅައި، މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާފުށި ޖަލު އޮތީ ކުއްލި ހާލަތުގަ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދު މީހުންނަށް އާއިލީ ބައްދަލުވުމާއި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ވެސް ވަނީ އޮންލައިންކޮށްފަ އެވެ.

ކަރެކްޝަންސް އިން ބަލަހައްޓަމުންދާ ޖަލުތަކުން ކޮވިޑް ކޭސްތައް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ޖަލުތައް ބަންދުކޮށް ބައްދަލުވުންތައް އޮންލައިންކޮށް މީގެކުރިން ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345