ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހިންމަފުށީ ޖަލު އޮފިސަރުންނާއި ގައިދީން ކޮވިޑް-19 އަށް ޓެސްޓު ކުރަނީ

May 16, 2020
1
ޖަލު އޮފިސަރުންތަކެއް: ހިންމަފުށީގައި ގައިދީންނާއި ޖަލު އޮފިސަރުން ޓެސްޓު ކުރަނީ -- ފޮޓޯ: ކަރެކްޝަންސް
0%
0%
0%

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި މަސަައްކަތް ކުރާ ޖަލު އޮފިސަރުންނާއި ގައިދީންގެ ކޮވިޑް-19 އަށް ޓެސްޓު ކުރަމުންދާ ކަމަށް މޯލްޑިވްްސް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނޭޝަނަލް އިމާޖަންސީ އޮޕަރޭޝަން ސެންޓާ (އެންއީއޯސީ) އާ ގުޅިގެން ހިންމަފުށީ ޖަލު އޮފިސަރުންނާއި ގައިދީންގެ ތެރޭގައި ރެންޑަމް ސާމްޕަލްތަކެއް ނަގަމުން އަންނަ ކަމަށެވެ. މިހާރު ވެސް އެ މަސައްކަތް ކުރިޔަށް ދާތީ މިހާތަނަށް ނަގާފައި ވަނީ ކިތައް ސާމްޕަލް ކަމެއް އަދި ސާފު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިންމަފުށީ ޖަލުގައި ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ދާއިރު އެ ރަށުގައި ރީހެބްގައި ހުންނަ ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

ދާދި ފަހުން މާފުށީ ޖަލުގައި ވެސް ގައިދީންނާއި އޮފިސަރުންގެ ސާމްޕަލްތައް ވަނީ ނަގައި ކޮވިޑް-19 އަށް ޓެސްޓުކޮށްފަ އެވެ. އަދި ހުރިހާ ސާމްޕަލްތަކެއް ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1031 އަށް އަރައިފަ އެވެ. އޭގެ ތެރެއިން އެ ބަލިން ރަނގަޅުވި މީހުންގެ އަދަދު 49 އަކަށް އަރާފައިވާއިރު މިހާތަނަށް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝާ

ޖަލު އޮފިސަރުންގެ މިހާރުގެ ޔުނީފޯމްގަ ނަގާފައިން ފޮޓޮއެއް ނެތީތަ ހަމަ ރަންޒަމާނުގެ ފޮޓޯ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345