ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ ލެބޯޓަރީގެ ހިދުމަތްދޭ ވަގުތު ކުރުކޮށްފި

Jan 29, 2022

ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލް -- އައިޖީއެމްއެޗްގެ ލެބޯޓަރީގެ ހިދުމަތް ދޭ ވަގުތު ކުރުކޮށްފި އެވެ.

އައިޖީއެމްއެޗުން ބުނީ ލެބޯޓަރީގެ ހިދުމަތްދޭ ވަގުތީ ކުރުކުރީ ކޮވިޑްގެ ހާލަތު އަނެއްކާވެސް ގޯސްވުމާ ގުޅިގެން ކަަމަށެވެ.

އައިޖީއެމްއެޗުން މިހާރު ވަނީ ބަންދު ނޫން ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ލެބޯޓަރީގެ ހިދުމަތް ދިނުމަށެވެ. އެއީ ހެނދުނު 8:00 އިން މެންދުރު 12:00އާ ހަމައަށެވެ.

މި ނިންމުމަށް އަމަލުކުރަމުންދާނީ މާދަމާ އިން ފެށިގެން ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ހޮސްޕިޓަލްގެ މި ނިންމުމާ އެއްގޮތަށް ހިދުމަތް ދިނުމަށްޓަކައި ދޫކުރަން ނިންމާފައިވަނީ ޖުމްލަ 200 ނަންބަރެވެ. އެއީ ހޮސްޕިޓަލްގެ ކައުންޓަރުން ދޫކުރާ 100 ނަންބަރާއި އޮންލައިންކޮށް ދޫކުރާ 100 ނަންބަރެވެ.

އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ހޮސްޕިޓަލެވެ.