ހަބަރު

އަލިމަނިކު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް

Dec 20, 2015

ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަލީ އުމަރު މަނިކު (ކޮލި އަލިމަނިކު) އަވަހާރަވުމާ ގުޅިގެން ތިން ދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރާ ގޮތަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

އެކަން ހާމަ ކުރައްވަމުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ވިދާޅުވީ، ގައުމީ ހިތާމައިގައި މާދަމާ އިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ގައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރަން ނިންމަވާފައިވާ ކަމަށެވެ. ކޮލި އަލިމަނިކު ދިރިއުޅުއްވަމުން ގެންދެވީ ސިންގަޕޫރުގަ އެވެ. އަދި އަވަހާރަވީ ވެސް ސިންގަޕޫރުގެ،މައުންޓް އެލިޒަބަތު ހޮސްޕިޓަލްގަ އެވެ. އަވަހާރަވި އިރު އެމަނިކުފާނުގެ އުމުރުފުޅަކީ 78 އަހަރެވެ.

އެ މަނިކުފާނަކީ ރާއްޖޭގެ އިގްތިސޯދު ކުރި އަރުއެރުވުމަށާއި ސަރުކާރުތަކަށް ލަފާ އެރުވުމުގައި މުހިންމު ދައުރެއް އަދާ ކުރައްވާފައިވާ އަދި ދި ދައުލަތަށް 50 އަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފައިވާ ވަރުގަަދަ ހިދުމަތްތެރި ލީޑަރެކެވެ.