ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކަކާ އެކު ސިފައިންގެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މީހާ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން މިރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.
ޑްރަގް އޮޕަރޭޝަނެއް މިރޭ ކުރިއަށް ދިޔަ ކަން ފުލުހުން ޔަގީންކޮށްދެ އެވެ. އެކަމަކު އިތުރު މައުލޫމާތު ހިއްސާކޮށްފައެއް ނުވެ އެވެ.
އަވަސް އަށް އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާއާ އެކު އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
މިރޭ 8:30 ހާއިރު އެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ދިރިއުޅުނު ތަނެއް ބަލައި ފާސްކުރުމަށްފަހު އެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނީ ގިނަ އަދަދެއްގެ ފޮށިތަކެއް ފުލުހުން ގެންދިޔަ ކަމަށެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލަތަކުގައި މީގެކުރިން ވެސް ސިފައިންނާއި ފުލުހުން ހައްޔަރުކޮށްފައިވެ އެވެ.