ގިނަ އަދަދެއްގެ ބަނގުރާ ފުޅި ތަކަކާ އެކު ރޭ ހައްޔަރުކުރި ސިފައިންގެ މީހާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފި އެވެ.
އެ މީހާ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާއާ އެކު އިތުރު މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ.
ރޭ 8:30 ހާއިރު އެ ދެ މީހުން ހައްޔަރުކުރީ އެ މީހުން ދިރިއުޅުނު ތަނެއް ބަލައި ފާސްކުރުމަށްފަހު އެވެ. މަންޒަރު ދުށް ބައެއް މީހުން ބުނީ ގިނަ އަދަދެއްގެ ފޮށިތަކެއް ފުލުހުން ގެންދިޔަ ކަމަށެވެ.
އެ މީހުންގެ ބަންދާމެދު ގޮތް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 10 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ.
މި މައްސަލައާ ގުޅޭގޮތުން ސިފައިން ވަކި އެއްޗެއް ނުބުނެއެވެ.