ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރަން އެމްއޭސީއެލްއިން ކޯހެއް ފަށައިފި އެވެ.
އެމްއޭސީއެލްގެ ކޮމިއުނިކޭޝަން މެނޭޖަރު ޝަމްއާން ޝާކިރު ވިދާޅުވީ މިއީ އެއާޓްރެފިކް ކޮންޓްރޯލަރުންނަށް ރާއްޖޭގައި ތަމްރީން ޕްރޮގްރާމެއް ހިންގާ ފުރަތަމަ ފަހަރު ކަމަށެވެ. މީގެ ކުރީން އެއާޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރަން ފޮނުވަނީ ބޭރުގެ ގައުމުތަކަށެވެ.
އެމްއޭސީއެލްއިން ހިންގާ ތާރީހީ މި ކޯހުގައި ބައިވެރިވަނީ އެ ކުންފުނީގެ މުވައްޒަފުންނެވެ. ނުވަ މަސް ދުވަހުގެ މިފަހަރުގެ ބެޗްގައި އަށް މުވައްޒަފަކު ބައިވެރިވެ އެވެ.
ކޯހުގައި ކިޔަވައިދޭނީ މެލޭޝިޔާގެ ލެކްޗަރާއަކާއި ދިވެހި ދެ ލެކްޗަރާއެކެވެ.