މޯލްޑިވްސް ޕޮލިސް ސާވިސް

ސައިކަލެއްގެ މަޑި ދަށުން ލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި

Feb 1, 2022
3

މަގުމަތީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުގައި ފޮރުވާފައި ހުރި ލައްކަ އަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ސައިކަލް ޕާކް ކޮށްފައި ހުރީ ކަށިމާ ހިނގުމާއި ބުރުޒުމަގާ ގުޅުނު ކަންމަތީގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ސައިކަލެއްގެ މަޑި ދަށުން ލައްކައަކަށް ވުރެ ގިނަ ރުފިޔާ ވަގަށް ނެނގި ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ ހެނދުނު ކަމަށެވެ.

ފުލުހުން މައްސަލަ ތަހުގީގު ކުރަމުން ދިޔަ ނަމަވެސް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ވަގަށް ނެނގި ފައިސާގެ ތެރެއިން އަދި އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.