އެމްޓީސީސީ

ޅައިމަގު ބަނދަރުގެ އަޕްޑޭޓް ދީފި

ށ. ޅައިމަގުގައި އެމްޓީސީސީން ތަރައްގީ ކުރަމުންދާ ބަނދަރު އެންމެ ފަހުގެ އަޕްޑޭޓް ދީފި އެވެ.

އެމްޓީސީސީން ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފައިވާ ކަމަށެވެ. އަދި މިހާރު ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ޅައިމަގު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށި ލުމުގެ މަސައްކަތް އެމްޓީސީސީން ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި އާއި މަގުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލު ކުރި އެ މަޝްރޫގެ އަގަކީ 53.1 މިލިއަން ރުފިޔާ އެވެ.