އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އޯޕީޑީ މާދަމާ ބަންދު

އައިޖީއެމްއެވްގެ އޯޕީޑީގެ ހިދުމަތް މާދަމާ ބަންދު ވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޯފީޑީގެ ހިދުމަތް ބަންދު ނަމަވެސް ކުރިއެކޭ ވެސް އެއްފަދައިން އަވަސް ފަރުވާގެ ހިދުމަތް 24 ގަޑިއިރު ދޭނެ އެވެ.

މާދަމާއަކީ މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ދެއްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވާ ދުވަހެވެ. އެހެންވެ މާދަމާއަކީ ސަރުކާރު ބަންދު ދުވަހެކެވެ. އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މާދަމާ މެނދުކަނޑާލަނީ ވެސް އެހެންވެ އެވެ.

މިއަހަރަށް މަޖިލިސް ހުޅުވަން ބާއްވާ ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ޖަހާއިރު އެވެ. އެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުން ފިޔަވާ އިތުރު ކަމެއް ނޯންނާނެ އެވެ.

ރިޔާސީ ބަޔާނަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ. ރިޔާސީ ބަޔާނަށް މަޖިލީހުގެ މައިނޯރިޓީ ޕާޓީން ޖަވާބު ދިނުން ވެސް އޮންނާނެ އެވެ.