މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި އަންހެނަކު ރޭޕްކުރި މައްސަލައެއް ބަލަނީ

Feb 2, 2022

ހުޅުމާލޭގައި އަންހެނެއްގެ ނުރުހުމުގައި އޭނާއަށް ޖިންސީ ގޯނާކޮށް، ރޭޕް ކުރި މައްސަލައެއް ބަލަން ފަށައިިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލާގައި ތުހުމަތުކުރެވޭ އުމުރުން 43 އަހަރުގެ މީހާ ވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ހައްޔަރުކޮށްފަ އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެންމެ ފުރަތަމަ ދިން ފަސް ދުވަސް ހަމަވުމުން އޭނާގެ ބަންދަށް މިދިޔަ ހޯމަ ދުވަހު ކޯޓުން ވަނީ އިތުރު ފަސް ދުވަސް ވެސް ދީފަ އެވެ.

ބަންދު އަމުރުގައިވާ ގޮތުން ތުހުމަތުކުރާ މައްސަލައާއި ގުޅޭ އެކަށީގެންވާ ހެކި ހުރީ ކޯޓަށް ހުށަހަޅާފަ އެވެ.