ށ. ފޭދޫ ކައުންސިލުން އެ ރަށުގައި ހަދަމުންދާ ޕްރީ ސްކޫލުގެ ބޭރު ފާރަށް ކަޅު ތެޔޮ ޖަހައި ގެއްލުން ދީފި އެވެ.
މިވަގުތު ރީދޫ ކުލަ ލާފައި ހުރި ފާރަށް ކަޅު ތެޔޮ ޖަހާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.
ފޭދޫ ކައުންސިލުން ބުނީ ތުއްތު ކުދިންނަށް ތައުލީމު ދިނުމަށްޓަކައި ހަދަމުން ދިޔަ ތަނަކަށް ކަޅު ތެޔޮ ޖެހުމުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ކަޅު ތެޔޮ ޖެހުމާ ގުޅިގެން އިތުރު ހަރަދު ކުރަންޖެހުމާއި އިތުރު މަސައްކަތްތަކެއް ކުރަންޖެހުމުން އިމާރާތް ހުޅުވައި ހިދުމަތް ދިނުން އިތުރަށް ލަސްވާނެ ކަމަށްވެސް ކައުންސިލުން ބުނެފައިވެ އެވެ.
ފޭދޫ ކައުންސިލުން ވަނީ ޕްރީ ސްކޫލުގެ ބޭރު ފާރަށް ކަޅު ތެޔޮ ޖެހި މައްސަލަ ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ.