އަހުމަދު ޝިޔާމް

"ރީތި ބަޔާނެއް އިއްވާ، ކޮނޑުހުޅުދާ ވަރަށް އަތް ޖެހިދާނެ"

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް: ރިޔާސީ ބަޔާނަށް ފާޑުވިދާޅުވި
100%
0%
0%

ރީތި ގޮތަކަށް ލިޔެލާ ބަޔާނެއް އިއްވިދާނެ ކަމަށާ ކޮނޑުހުޅުދާ ވަރަށް ޕާޓީ މެންބަރުންނަށް އަތްވެސް ޖެހިދާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ރައްދު ދެއްވައިފި އެވެ.

ރައީސްގެ ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވި ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވާ ޝިޔާމް ވަނީ މީގެ ކުރީން އިއްވެވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލުވީ ކިހާ ވަރަކަށްތޯ ސުވާލު ކުރައްވާފައެވެ.

އަދި ގައުމުގެ ދަރަނި 100 ބިލިއަން ހުރަސްކޮށްފައިވާކަން ފާހަގަ ކުރައްވާ އޭގެ ތެރެއިން 48 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދީ ރައީސް ސޯލިހްގެ ވެރިކަމުގެ ތިން އަހަރު ކަމަށް ވިދާޅުވިއެވެ.

"ރީތި ގޮތަކަށް ލިޔެ ބަޔާނެއް އިއްވިދާނެ. ކޮނޑުހުޅު ދާ ވަރަށް ޕާޓީެ މެންބަރުންނަށް އަތްވެސް ޖެހިދާނެ. މީގެ ކުރީން އިއްވި ބަޔާންތަކުގައި ކުރައްވަން ވިދާޅުވި ކަންކަން ހާސިލުވީ ކިހާވަރަކަށްތޯ. ގައުމުގެ ދަރަނި 100 ބިލިއަން ކަނޑައްތު ކޮށްފި. ތިން އަހަރުތެރޭ އެކަނި 48 ބިލިއަން ދަރަނި އުފައްދައިފި،" ޝިޔާމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ފަންސާސް ހަ މިނެޓަށް ދިގު ދެމިގެންދިޔަ ރިޔާސީ ބަޔާން ރައީސް އިއްވަވަމުން ގެންދެވިއިރު އެމްޑީޕީގެ މެންބަރުން ގެންދެވީ ދޭތެރެ ދޭތެރެއިން އަތް ޖައްސަވަމުންނެވެ. ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގެންދެވީ ވަރަށް ބާރަށް އަތްޖައްސަވާ ރައީސަށް ތަައުރީފު ކުރައްވަމުންނެވެ.

4،434 ލަފްޒު ހިމެނޭ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ ވަރަށް ގިނަ ކަންކަން އިއުލާނު ކުރައްވާފައެވެ. ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒިފުންގެ މުސާރަ ބޮޑު ކުރަން ނިންމެވި ކަމަށާ މާލެ މީހުންނަށް 5،000 ގޯތި ދެއްވަން ނިންމެވިކަން އިއުލާނު ކުރެއްވިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑު ކުރެއްވުމަށް ނިންމެވިކަންވެސް އިއުލާނު ކުރެއްވިއެވެ. އަދި ސްޓޫޑެންޓް ލޯނަށް ހޯމަ ދުވަހު ހުޅުވާލަން ނިންމެވި ކަމަށްވެސް ވިދާޅުވިއެވެ.

ރިޔާސީ ބަޔާން އިއްވެވުމަށް މިއަދު ބޭއްވެވި ޖަލްސާއަށް އިދިކޮޅުގެ 8 މެންބަރުން ވަޑައިގެންފައެއް ނުވެއެވެ. އެ ޖަލްސާ ބޮއިކޮޓް ކުރައްވާކަން ރޭ އެ މެންބަރުން ވަނީ އިއުލާނު ކުރައްވާފައެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޒުހުރާ

ޔާމީން ދައުރުގަ ބުނި ޓީޗަރުންނަށް ގޭގަ ތިބެގެން ހަދާނަމޭ. މަސްވެރިންނައް ދިހަ ހާސް

ލިޔުނު ބަޔާން

ތިޔަބުނީ ހަމަތެދެއް ވޭތުވެދިޔަ 3 އަހަރުގެ ރިޔާސީބަޔާނުން ނަތީޖާ ހާސިލްވީ މިންވަރުފެނިފައި ލޮލުން ކަރުނައި ހިތާ ހިތާ ސުވާލު ކޮށްލެވުނު ދިވެހީންނަށް ހައްގުވާ މިންވަރަކީ މިއީތޯ؟ ކޮރޮޕްޝަން އިންތިހާއަށް އިތުރުވެ ސަރުކާރުގެ މުވައްސަސާތައް ބަރަވެލި ސްޕީޑަށް ބަދަލުވެ ރައްޔިތުން އެތަށް ތަނަކުން ދަރުވާލުން މިއީތޯ ދިވެހީންނަށް ހައްގުވާ މިންވަރަކީ؟

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345