އަހުމަދު ސަލީމް (ރެޑްވޭވް)

ރިޔާސީ ބަޔާނުގައި ވަރަށް ގިނަ ދޮގު ހެއްދެވި: ސަލީމް

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް: ރިޔާސީ ބަޔާނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި -- އަވަސް ފޮޓޯ
100%
0%
0%

ރައްޔިތުންގެ މަޖިލީސް މި ދައުރަށް ހުޅުވައިދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ވަރަށް ގިނަ ދޮގު މައުލޫމާތުތައް ހިމަނާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ރިޔާސީ ބަޔާނާ ގުޅޭގޮތުން ރޭ ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ ނަންބަރުން ރައީސްގެ ރިޔާސީ ބަޔާން އަންނާނެ ކަމަށް ސަރުކާރުން ބުނިނަމަަވެސް މުޅި ބަޔާނުގައި އާ ވާހަކަތަކެއް ނެތް ކަމަށެވެ. އެއީ ކުރީ އަހަރު އިއްވި ރިޔާސީ ބަޔާނުގައި ހުރި ވާހަކަތައް ގިނަ ބަޔާނެއް ކަމަށްވެސް ސަލީމް ވިދާޅުވިއެވެ. ދެން ވިދާޅުވީ މިފަހަރުގެ ރިޔާސީ ބަޔާނުގައި "ދޮގު" މައުލޫމާތުވެސް ހިމަނާފައިވާ ކަމަށެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާ އެފަދަ ބަޔާނެއް ދެއްވާއިރު މައުލޫމާތުގެ ސައްހަކަން ޔަގީން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

"ރިޔާސީ ބަޔާނުގައި ހުރީ މިދިޔަ އަހަރު [2019] ވަނަ އަހަރުގެ ބަޔާނުގެ ވާހަކަަތައް ތަކުރާރުވެފައި. މާބޮޑު އާ ވާހަކަތަކެއް ނެތް. އަދި ވަރަށް ގިނަ ދޮގު މައުލޫމާތުތަކެއްވެސް މި ބަޔާނުގައި އެކުލެވިގެންވޭ. އެއީ ވަރަށް ނުރައްކާތެރި ކަމެއް. ރައީސުލްޖުމްހޫރިއްޔާ އިތުރުފުޅު ހައްދަވައިގެން ރައްޔިތުންނާއި ވާހަކަ ދެއްކެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން. އަނެއްކާ އެ ހެއްދެވި ދޮގުމައްޗަށް ދެން ދޮގު ހައްދަވަނީ. އެ ނޫނީ ވިއްޔާ ރައީސުލްޖުމްހޫރިއްޔާއަށް މައުލޫމާތު ދެއްވަން ތިބޭ ބޭފުޅުން ދޮގު މައުލޫމާތު ދެއްވަނީ ކަމަށްވެސް ވެދާނެ،" މަޖިލީހުގައި އެންމެ ގިނަ ދުވަސްވީ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސަލީމް ވިދާޅުވިއެވެ.

ނަމަަވެސް ރައީސްގެ ރިޔާސީ ބަޔާނުގައި ހުރި "ދޮގު" މައުލޫމާތަކުގެ މާބޮޑު ތަފްސީލެއް ނުދެއްވައެވެ. ވިދާޅުވީ ކޮވިޑާއި ގުޅިގެން ކޮށްފައިވާ ކަމަަށް ސަރުކާރުން ބުނާ ހަރަދުތަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އަދި 2021 ގެ ރިޔާސީ ބަޔާނުން މި އަހަރަކީވެސް އުންމީދީ އަހަރެއް ނޫންކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

ސަލީމް ވިދާޅުވީ ގޮންޖެހުންތަކުގެ ތެރެއިން ކާމިޔާބު ހޯއްދެވޭނީ މޮޅެތި ލީޑަރުން ކަމަށެވެ. އެކަން ނިމިދިޔަ ފަސް އަހަރުން ސާފުވި ކަމަށާ ކޮންމެ ކޮންމެ މީހަކު ވެރިކަމަށް ގެނެސްގެން ރައްޔިތުން ބޭނުންވާ އަމާޒަށް ވާސިލުނުވެވޭނެ ކަމަށެވެ. އަދި އިލްމާއި ހުނަރާއި ތަޖުރިބާ ލިބިފައިވާ ލީޑަރަކަށް ނޫނީ މި ޒަމާނުގައި ރާއްޖެ ފަދަ ގައުމެއްގައި ވެރިކަން ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"ގައުމުގެ ހާލަތު ބަދަލުވާނީ އެކަމުގެ ހުނަރާއި ވިސްނުން ހުރި ބޭފުޅަކު ވެރިކަމުގައި ހުރެގެން. ކޮންމެ ބޭފުޅަކުވެސް ހިތަށްއަރާފާނެ ރައީސުލްޖުމްހޫރިއްޔާ ކަމަކީ އެއީ ވަރަށް ފަސޭހައިން ކުރެވޭނެ ކަމެކޭ. އެހެނެއް ނޫން. ގޮނޑިއަށް އަރާ އިށީންނީމަ އެނގޭނީ މި ގޮނޑިއަކީ ކިހާވަރެއްގެ ހޫނު ގޮނޑިއެއްކަން. މި ގޮނޑި އިށީންނުމުން އެނގޭނެ މިއީ ކިހާ ވަރެއްގެ ކަމެއްކަން. އެކަމަކު އެހިސާބަށް ދިޔައީމަ ދެން އެ ގޮނޑިއަކުން ފޭބޭކަށެއްވެސް ނޯންނާނެ. ހިފެހެއްޓޭތޯވެސް ބަލަން އެބަޖެހޭ،"

ރައީސްގެ ރިޔާސީ ބަޔާނުގައި ވަނީ ކޮވިޑްގެ ސަބަބުން ހުއްޓުނު ވިޔަފާރިތައް ސަލާމަތް ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ސަރުކާރުގެ ރިލީފް ޕެކޭޖްގެ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާ އަމިއްލަ މަސައްކަތްކުރާ މީހުންގެ އިތުރުން ދިވެހިންގެ ވަޒީފާތައް ރައްކާތެރިކުރުމަށް ޝަރުތުކޮށް ބޮޑެތި ވިޔަފާރިތައްވެސް ހިމެނޭ ގޮތަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އެކަމަށް އިޝާރާތް ކުރައްވާ ސަލީމް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ނަމުގައި ސަރުކާރުން ހިންގީ އެހެން އެޖެންޑާއެއް ކަމަށެވެ. ގިނަ ވިޔަފާރިތަކަށް ދޭން ނިންމީ މިލިއަނެއްހާ ރުފިޔާ ކަމަށާ އެ ފައިސާ ނަގައިގެން އެފަދަ ވިޔަފާރިތަކުން ކުރާނީ ކީއްތޯ ސަލީމް ސުވާލު އުފެއްދެވިއެވެ. އަދި ފައިސާ ދޫކުރީ ވަކި ބަޔަކަށް ކަމަށް ތުހުމަތު ކުރެވޭ ކަމަށާ ދައުލަތުން ފައިސާ ދޫކުރި މީހުންނާއި ވިޔަފާރިތަކުގެ ލިސްޓެއް އާންމު ކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

"ވިޔަފާރިތަކަށް މިދެނީ އެއް މިލިއަން ރުފިޔާ. އެ އެއްމިލިއަން ރުފިޔާ ނަގައިގެން ވިޔަފާރިވެރިއަކު ކުރާނީ ކީއްތޯ. ހަގީގަތުގައި މި ކުރި ކަމަކީ މި މީހުން ބޭނުންވާ ވަކި ބަޔަކަށް ފައިސާ މި ދިނީ. އަޅުގަނޑުމެންނަށް ހާމަކޮށްލަ ދެއްވަ ބައްލަވާ މި ފައިސާ ދިނީ ކޮން ބަޔަކަށްތޯ. ކީއްވެތޯ އެ ލިސްޓް ހާމަނުކޮށްގެން މި އުޅެނީ. އަޅުގަނޑުމެންނަކާ ދިމައެއް ނުވޭ މި ފައިސާ ލިބުނު އެއްވެސް މީހަކާ،" ސަލީމް ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ އިދިކޮޅުގެ އެއްވެސް ވާހަކައެއް އަޑުއަހަން ސަރުކާރުން ބޭނުމެއް ނުވާ ކަމަށާ އިއްޔެވެސް ފެނިގެން ދިޔައީ އެ މަންޒަރު ކަމަށެވެ. ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ގަބޫލު ނުކުރެއްވިޔަސް ކުރު މުއްދަތެއްގައި ރާއްޖޭގައި އެންމެ ގިނަ މަޝްރޫއުތައް ހިންގާ ގައުމަށް ހެޔޮ ބަދަލުތައް އައީ މިދިޔަ ސަރުކާރުގައި ކަމަށް ސަލީމް ވިދާޅުވިއެވެ.

9 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރ އަޑު

ސަލީމްގެ ވާހަކަފުޅު ތެދެވެ ކޮްންމެ ކޮންމެ މީހަކީ ދައުލަތް ހިންގުމުގެ ވައްޓަފާޅިއާއިހުނަރު ހުންނާނެ މީހެއް ނޫނެވެ މޑޕ އޭ ކިޔާސިޔާސީ ޕާޓިއަކުން މީގެކުރިންވެސް މިތާގައި ޒާތެއްގެ ހަޑިއެއް ވެރިކަން ކުރުމުގެ ނަމުގައި ހޭވިއެވެ އެފަދަ ދުވަސްތަކެއް ދެން ރާއްޖެ އަންނަން ރައްޔިތުން ބޭނުމެއް ނުވެއެވެ އެހެން ނަމަވެސް މަކަރާއި ހީލަތުން ވެރިކަމުގައި ވަކިހިްޕާލީ އަނެއްކާވެސް އެޣައްދާރުންނެވެ މިއީ ދިވެހިންނަށް ކުރިމަތިވި ވަރަށް ބޮޑު ގޮޖެހުމެކެވެ.

އަބޫޖަހުލު

ސަލީމު ވިދާޅުވީ ދޮގޭ، އެކަމަކު ސަލީމަކަށް ނޭނގުނޯ އެެއީ ކޮން ދޮގެއްކަން ނޫހަށް ކިޔާދޭކަށް. ދެން ކީއްވެތޯ ސުރުހީގަ އެހެން ޖަހާފަ އޮތީ. ސަލީމު މާދަމާ އަކީ ހިސާބު ބައްލަވާ ދުވަހޭ ވިދާޅުވިޔަސް ހަބަރުގަ ލިޔާނަންތޯ؟

ފާތު މަ

ސަލީ މު ހަދަނީ ހުސް ތެދޯ އަވަސް އިން ބުނަނީ

މަވޯޓާ

މޑޕ ގަ ނޫޅޭނެ ދޮގު ނުހަދާ ހަމައެކެއްވެސް، މޑޕ މޑޕ ޢަކައްވަނީވެސް ދޮގު ހަދާ ތީވެ!

އައްބާސް

ކިޔަން ހުރި މީހައައް ވެސް ލަދުވެތިކަން އިހުސާސް ވާނެ ކިޔާ ގަޑީ

ސުލައިމާން

ތެދެއް ދޮގެއް ވަކި ކިރަން ނޭނގޭ މީހުންނައް ދޮގެއް ނޫނީ ހަދަން އިނގޭނެތަ؟ ރައްޔިތުން މިއޮއް ހަނާ ވަނީ.ޓޫރިސްޓުން އެރި އެރީނުން މުޅިގައުމު ފުރިއްޖޯ.އެކަމު ވަންނަ ލާރިއެއް ހަރާން ފަދަ

ހަންޑި1#

މި ސަރުކާރަކައް ނޭނގޭނެ ތެދެއް ހަދާކައް

ބޮންބި

މިއަދި ލަދުވެސް ގަންނަ އެއްޗެއް ނޫނޭ

ނިޝން

ސަލީމްތީ އެންމެ ތެދުހަދާމީހާ.ތެދުކަމުން ބަޅުވެސް ނުކުރެވޭނެ މީހަކައް

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345