ދުނިޔެ

ދެކުނާއި މިސްރު 1.65 ބިލިއަންގެ ޑިފެންސް ޑީލެއް

މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ(ކ) އަދި ދެކުނު ކޮރެއާގެ ރައީސް މޫ ޖޭއިން -- މަޝްވަރާ ކުރައްވަނީ
0%
0%
0%

ދެކުނު ކޮރެއާ އާއި މިސްރާ ދެމެދު ޑިފެންސް ޑީލެއްގައި ސޮއި ކޮށްފި އެވެ. މިއެއްބަސްވުމުގެ ދަށުން ދެކުނުން މިސްރަށް ޒަމާނީ ޓޭންކަރު ބަޑިތައް ސަޕްލައިކޮށްދޭނެ އެވެ.

މިސްރުގެ ޑިފެންސް މިނިސްޓްރީ އާއި ދެކުނު ކޮރެއާގެ ހަންވާ ޑިފެންސްއާ އެކު ސޮއިކުރުން އޮތީ ދެކުނު ކޮރެއާގެ ރައީސް، މޫން ޖޭއިން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީ ކައިރޯގައި ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހު އެވެ.

މި އެއްބަސްވުމުގެ ދަށުން މިސްރަށް މެޝިން ބަޑި ސަޕްލައިކުރުމުގެ އިތުރަށް އިތުރު ދާއިރާތަކާ ގުޅުން ހުރި ޑިފެންސް ޓެކްނޮލޮޖީ ދެކުނުން ފޯރުކޮށްދޭނެ އެވެ.

ދެކުނު ކޮރެއާ އާއި މިސްރަކީ އެކި ދާއިރާތަކުން އެއްބާރުލުމަށް އަހުދު ވެފައި އޮތް ދެގައުމެވެ. އެހެން ނަމަވެސް، އިގުތިސޯދީ ގޮތުން އަދި އަސްކަރީ ގޮތުން މިނިވަން އެއްބަސްވުންތަކަށް އަމަލުކުރުމަށް ގެގައުމުން ވެސް ގާނޫން ހަދާ މަޖިލީހުން ރުހުން ހޯދަ އެވެ.

މިސްރުން މިފަހަށް އައިސް އަސްކަރިއްޔާ ބާރުގަދަ ކުރަން މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިސްރުގެ ރައިސް މިދާކަށް ދުވަހު ފްރާންސަށް ކުރެއްވި ދަތުރެއްގައި، ފްރާންސުން އަސްކަރީ އާލާތްތައް ހޯއްދެވުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އަނެއްކޮޅުން ދެކުނު ކޮރެއާގައި އުފައްދާ އަސްކަރީ އާލާތްތައް ދުނިޔެއަށް މާކެޓްކުރުމަށް ރައީސްގެ ފެންވަރުގައި ވެސް ގެންދަނީ ކެމްޕޭން ކުރައްވަމުންނެވެ.

ފާއިރުވި އަހަރު ޑިސެމްބަރުގައި ހަންވާ ޑިފެންސް އާއި އޮފްޓްރޭލިއާއާ ދެމެދުގައި 717 މިލިއަން ޑޮލަރުގެ ޑިފެންސް ޑީލެއްގައި ވަނީ ސޮއިކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910