އަހުމަދު އުޝާމް

އެމްޑީޕީން ދަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން: އުޝާމް

އެމްޑީޕީން ދަނީ ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނާއިބު ރައީސް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

އުޝާމް ވިދާޅުވީ އިލެކްޝަން ކޮމިޝަނަށް އެއްވެސް މައްސަލައެއް ހުށަހަޅައިގެން ހައްލެއް ނުލިބޭ ކަމަށެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ހެނދުނުން ފެށިގެން އަދިވެސް ތިބީ ވޯޓުލާ މަރުކަޒުގެ ތެރޭގައި ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

"އެމްޑީޕީއިން އަންނަނީ ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން،" އުޝާމް ވިދާޅުވިއެެވެ.

އެއްވެސް މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ހައްލެއް ނުލިބޭ. އެމްޑީޕީގެ ކެންޑިޑޭޓް ހެނދުނުން ފެށިގެން އަދިވެސް ހުރީ ވޯޓުލާ މަރުކަޒުގެ ތެރޭގައި. އެމްޑީޕީއިން އަންނަނީ ގާނޫނާ ހިލާފަށް ވޯޓަށް ނުފޫޒު ފޯރުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން
އަހުމަދު އުޝާމް | ވިލިމާލެ ދާއިރާގެ މެންބަރު

އުޝާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އޮތީ ހެނދުނުން ފެށިގެން އިލްތިމާސް ކުރުމުގައި ކަމަށެވެ. އަދި އެމްޑީޕީގެ ކެނޑިޑޭޓް ވޯޓުލާ މަރުކަޒުގައި ގާނޫނާ ހިލާފަށް ކުރަމުންދިޔަ ކަންކަން ހުއްޓުވަން އިލެކްޝަންސްގެ އޮފިޝަލުންނަށް ނުކެރުނު ކަމަށް ވިދާޅުވިއެވެ.