ސްރީލަންކާ

ލަންކާއިން ގެއްލުނު ދަރިވަރުގެ ހަބަރެއް ނެތް

Feb 5, 2022

ސްރީލަންކާގައި ދިވެހި ދަރިވަރަކު ގެއްލިގެން ހޯދަމުންދާއިރު އޭނާގެ ހަބަރެއް އަދި ނުވާ ކަމަށް އާއިލާއިން ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އުމުރުން 21 އަހަރުގެ އިފްހާމް ނަސީރެވެ. އޭނާ އަކީ ލަންކާގެ ދެހިވަލަގައި ދިރިއުޅޭ ކުއްޖެކެވެ.

އާއިލާއިން ބުނި ގޮތުން އިފްހާމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ރޭގެ ވަގުތެއްގައެވެ. ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެ އެވެ.

އެކަން މިހާރު ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ސަމާލު ކަމަށް ވަނީ ގެނެސްފައެވެ. އަދި ލަންކާގައި ދިރިއުޅޭ ދިވެހިން ހިންގާ ސޯޝަލް މީޑިއާ ގުރޫޕްތަކުގައިވެސް އާއިލާއިން ވަނީ ހިއްސާކޮށްފައެވެ.