ވައްކަން

ޑައިވިން ދޯންޏަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގެ ޑައިވިން ދޯންޏަކުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އެ މީހާ ހައްޔަރުކުރީ ހުޅުމާލޭ ފަޅުގައި އޮތް ޑައިވިން ދޯނިން ވައްކަން ކުރަން މީހަކު އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެސަރަޙަދަށް ގޮސް ރޭ ފަތިހުއެވެ. އޭރު އެ މީހާ އޮތީ މޫދުގަ އެވެ.

އެ މީހާ ވަގަށް ނަގަން މަސައްކަތްކޮށްފައިވަނީ ޑައިވިންއަށްދާން ބޭނުންކުރާ ދެ ފުޅިއާއި އޭގެ ތަކެއްޗެވެ.