ކޮމަންޑޫ ދާއިރާ

ގޮނޑި ކަށަވަރު ކުރީ 240 ވޯޓްގެ ތަފާތުން

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު ކާމިޔާބު ކުރައްވާފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ. އިލެކްޝަންސް ކޮމިޝަނުން މިރޭ ވަނީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައެވެ.

އިންތިހާބަށް ކެންޑިޑޭޓުން ނެރެފައި ވަނީ އެމްޑީޕީ އާއި ޕީޕީއެމް އަދި އެމްއެންޕީ އިންނެވެ. އެއީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީ އާއި އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީހެވެ. މި އިންތިހާބަށް ޖުމްލަ ހަތް ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

އެންމެ ވޯޓް ފޮއްޓަކުން ނޫނީ ހުރިހާ ވޯޓް ފޮއްޓަކުން ކުރި ހޯއްދަވާފައިވަނީ ރާޝިދެވެ.

މި އިންތިހާބުގައި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީއަށް 1،161 ވޯޓެވެ. ހަންނާން އަށް 323 ވޯޓް ލިބިވަޑައިގަތެވެ.

ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެއެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓްލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.