ހަބަރު

ހެލިކޮޕްޓަރަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރަން 3.8 މިލިއަން ރުފިޔާ އިންޑިއާއިން ދީފި

އިންޑިއާ އިން އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަށް ބޭޏުންވާ އެހެނިހެން ވަސީލަތްތައް ގާއިމްކުރުމަށް 3.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

މިއަދު ސިފައިންގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު، ރަޖީވް ޝަހާރޭ ހަވާލުކުރެއްވި ފައިސާގެ ޗެކާއި ހަވާލުވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ.

މި އެހީ އަކީ ލ. ކައްދޫ އެއާޕޯޓުގައި ބާއްވާފައި އޮންނަ މި ހެލިކޮޕްޓަރު ބާއްވަން ހޭންގަރެއް ހެދުމަށާއި ބޭނުންވާ އެހެން ވަސީލަތްތައް ގާއިމްކުރަން ދިން އެހީ އެއް ކަމަށް އިންޑިއާ ހައި ކޮމިޝަނުން ބުނެއެވެ.

މި ދެ ހެލިކޮޕްޓަރު، ބަލި މީހުން އެއް ރަށުން އަނެއް ރަށަށް އުފުލުމަށާއި ގެއްލޭ އުޅަނދުތައް ހޯދުމަށް އަންނަނީ ބޭނުންކުރަމުންނެވެ.

އިންޑިއާއިން މި ދެ ހެލިކޮޕްޓަރު ހަދިޔާ ކުރީ 2010 ވަނަ އަހަރު އެވެ.