ވިލާ ގްރޫޕް

ވިލާއަށް ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުލިބޭ: ޖޭޕީ

ރާޝިދުގެ ކެންޕެއިންގައި ގާސިމްް އިބްރާހިމް ބައިވެރިވެވަޑައިގަންނަވަނީ: އެމްޑީޕީއަށް ގޮނޑި ހޯއްދަވައި ދެއްވުމަށް އަމިއްލަފުޅު ޕާޓީއަށް ނުކުރައްވާ ވަރުގެ ކެންޕެއިނެއް ކުރެއްވި --
100%
0%
0%

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދައުލަތުން ފައިސާތަކެއް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތައް ޖުމްހޫރީ ޕާޓީ އިން ދޮގުކޮށްފި އެވެ.

ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ގާސިމްގެ ޑަބްލިއުއެލްޓީއަށް ބަދަލުގެ ގޮތުގައި 52 މިލިއަން ރުފިޔާ ވަނީ ދީފައެވެ. މިއީ ކާޑެއްދޫ އެއާޕޯޓް ވިލާ އެއާ އާ ހަވާލުކުރާއިރު ރިސޯޓް ހިންގުމަށް އެ ކުންފުނިން ބޭނުންވާ ރަށެއްގެ އިތުރުން ގިނަ އަދަދެއްގެ ފައިސާ އާއި ބައެއް އިނާޔަތްތައް ލިބެންޖެހޭނެ ކަމަށް އެ ކުންފުނިން ބުނާތީ ސަރުކާރާ ގާސިމްއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު ސަރުކާރުން ދިން ފައިސާ ކަމަށް އެ ރިޕޯޓްތަކުގައިވެއެވެ.

އަދި އެ ފައިސާ ދޫކުރީ މި މަހުގެ ދެވަނަ ދުވަހު ކަމަށްވެސް ބުނެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބުނީ މިއީ ގާސިމް އާއި ވިލާ ކުންްފުނީގެ އަގު ވައްޓާލަން ދައްކާ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ގާސިމްްގެ ވިލާއަށް ދައުލަތުން އެއްވެސް ފައިސާއެއް ދީފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

ސިމް އިބްރާހީމްގެ ވިލާ އެއާ އިން ގދ. ކާޑެއްދޫ އެއާޕޯޓް ހިންގަމުން ދަނިކޮށް އެއްބަސްވުން ބާތިލުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް ތަންފީޒު ކުރުމުގެ ގޮތުން އެ އެއާޕޯޓް މި މަހު އެ ކުންްފުންޏާއި ހަވާލު ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސަރުކާރުން އެ ނިންމުން ހާމަކުރި ފަހުން ގާސިމް އިބްރާހިމް ވަނީ އިއްޔެ ނިމިގެންދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީއަށް ތާއީދު ހޯދުމަށް އެ ދާއިރާގެ ރަށްތަކަށް ވަޑައިގެން ބުރަކޮށް މަސައްކަތް ކުރައްވާފައެވެ. ރައީސް ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ ގިނަ ތަގުރީރުތަކެއްވެސް ދެއްވިއެެވެ.

ޖުލައި 8، 2019 ގައި ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ދައުލަތުން ވަނީ ދީފައެވެ. އެ އަދަދަކީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު އެއްބަސްވި އަދަދެވެ.

7 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބައިރޯ

ޖުމުހޫރީ ޕާޓީގެ ރައީސު މިއިނީ އެމް.ޑީ.ޕީ ޕޯޑިއަމައް އަރުވާފަތަ؟ ޕާޓީއެއގެ ލާޑަރަކު ތިއަކަށް ވުރެ ނިކަމެއްޗެއް ނުވާނެތާ!!!

މުހައްމަދު..

ވިލާއަކަށް 52 މިލިޔަން ނުދޭ، 52 މިލިޔަން ރުފިޔާ ދިނީ ވިލާގެ ހިއްސާއޮންނަ ޑަބްލިއުއެލްޓީ އަށް،

ލލ

އެއްޗެއް ނުލިބޭނަމަކަ މަޑުން ނުހުންނާނެ ! ލިބޭވަރު ގިނަކަމުން އެހުންނަނީ !

ކަޅު ހުއްތު

ގައުމޭ ރައްޔިތުންނޭ ކިޔައިގެން މުޅުންވެސް އަމިއްލައެދުމައިގެން އުޅޭމީހެއް. މުއައްޒަފުންނާ ރައްޔިތުންފެންނާނީ އިންތިހާބެއް ކައިރިވެ ޖީބައްބަރުވާނެ ގޮތެއްފެނުނީމަ. އެހެންނޫނީ ސަރވިސް ސާޖްކޮޅުވެސް ނުލިބޭނެ. އަގެއްނެތް މީހެއްގެ ވެއްޓޭނެ އިތުރުއަގެއްނެތް

ހައިރޭ

މިހާރުގެ އިދިކޮޅުން ތިކަހަލަ ވާހަކަ ދައްކާނެ. އެމީހުންގެވެރިކަމުގައި ރާއްޖޭގެ ރަށްތަކާއި ފަޅުތައް ވިއްކައިގެންލިބުނުލާރި ދައުލަތުގެ ޚަޒާނާއަށްނުލައި، ގޯނިގޯނީގައިގެންގޮސް އެކިމީހުނަށް ބަހައިހެދިވާހަކަ މަޖިލީހުގަދައްކައި، އެކަން ކަމަކަށްވުމުން އެއީ ސިޔާސީވާހަކައަކަށް ހަދައިގެން ދައުލަތުގެ މާލިއްޔަތުން ވައްކަންކޮށްގެން އަދިވެސް މިއުޅެނީ އެހެންމީހުން ވަގުބަދުނާމުކުރަން. ވަރަށް ރީއްޗެއްނު!

ދދ

ގާސިމަށް އެ އްވެސް އިންތިޚާބެއްގައި ދެން އެންމެ ވޯޓެއްވެސް ނުދިނުމަށް ގޮވާލަމެވެ. ގާސިމަކީ މަކަރުވެރި މޑޕ ގެދަށުވެފަ އިހުރި މީހެކެވެ.

ބައިރޯ

އަހަ ކިހާވަރަކަށް ދަށުވާނީ އެހުއްނެމވީ އެމްޑީޕީ ޕޯޑިއަމުގަވިއްޔާ ހެއް ހޭއް ހޭ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345