ހަބަރު

ޑަބްލިއުއެލްޓީއަށް ސަރުކާރުން ފައިސާ ދައްކައިފި

ރައީސް ސޯލިހާއި ގާސިމް: ޑަބްލިއެލްޓީއަށް ވަނީ ފައިސާ ދައްކާފަ - ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ)އަށް ރަށްތަކެއް ހަވާލު ނުކުރި މައްސަލާގައި ބަދަލުގެ ގޮތުގައި 130 މިލިއަން ރުފިޔާ ސަރުކާރުން މިއަދު ދައްކައިފި އެވެ.

ބަންޑާރަ ނައިބު އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހުސައިން ހަސަން މައުލޫމާތު ދެއްވި ގޮތުގައި 130 މިލިއަން ރުފިޔާ މިއަދު ދައްކާފައިވާއިރު އެ އަދަދަކީ ވިލާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސްތަކާއި ދަރަނިތަކަށް ކެނޑުމަށް ފަހު އެއްބަސްވި އަދަދެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަދަލުގެ ގޮތުގައި ޑަބްލިއެލްޓީއަށް 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައިދިނުމަށެވެ. އެހާ ބޮޑު ބަދަލެއް ދޭން ޖެހުމުން ސަރުކާރުން ވިލާ ކުންފުންޏާއެކު މަޝްވަރާތަކަށް ދިޔަ އެވެ.

އެންމެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ޑަބްލިއެލްޓީއަށް ފައިސާ ދެއްކުމަށް އެއްބަސްވެފައިވާކަން ހާމަ ކުރައްވާފައިވެ އެވެ. ބަދަލުގެ ގޮތުގައި 130 މިލިއަން ޑޮލަރު ދޭން ސަރުކާރާއި ވިލާ ކުންފުނިން އެއްބަސްވީ ކޯޓު ބޭރުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ޑަބްލިއުއެލްޓީއިން ކޯޓަށް ދިޔައީ ސަރުކާރު ހިއްސާވާ ކުންފުނިތަކެއް ގުޅިގެން އުފެއްދި އެއާޕޯޓް އިންވެސްޓްމަންޓް މޯލްޑިވްސް (އެއިމްސް)އިން ޑަބްލިއުއެލްޓީއަށް ތިން ރަށެއް 2007 ވަނަ އަހަރު ދިނުމަށް ނިންމުމަށްފަހު ވެސް އެ ރަށްތައް ދޫނުކުރި މައްސަލާގަ އެވެ. އޭގެ ބަދަލުގެ ގޮތުގައި އެ ކުންފުނިން ދައުވާކުރީ 112 މިލިއަން ޑޮލަރު ހޯދުމަށެވެ.

ނަމަވެސް އެ އަދަދު ބަދަލުގެ ގޮތުގައި ސުޕްރީމް ކޯޓުން ނަގައިނުދިނެވެ. ސުޕްރީމް ކޯޓުން ޑަބްލިއުއެލްޓީއަށް ދޭން އަމުރުކުރި 200 މިލިއަން ރުފިޔާއަކީ ފައިނޭންސް ކޯސްޓްގެ ގޮތުގެ ބަދަލުގެ ހޯދަން އެދުނު އަދަދެވެ. ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އެ އަދަދަކީ ޑަބްލިއުއެލްޓީގެ ފަރާތުން ވިލާ ކުންފުނީގެ ކްރެޑިޓް ފެސިލިޓީއެއްގެ ދަށުން ނެގި ލޯނެއް، އިންޓްރެސްޓާއެކު އަރާފައިވާ މިންވަރުކަން އޮޑިޓް ރިޕޯޓުން ސާފުވާ ކަމަށެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޤާދިރު

ޤައުމު އޮޔާދިޔަޔަސް ޤާސިމަށް ދެން ކިހިނެއް ބަހެއް ބުނެވޭނީ..

އަލި ދީދީ

ކޮންއިރަކުން ބާ ދީބާޖާއަށް ލާރި ކޮޅު ލިބޭނީ... ރައީސް ވިދާޅުވި އެމީހުންނާ މިހާރު ދަނީ ވާހަކަ ދައްކަމުން ނޭ..... އަވަހަށް ތިޔަކަން ވެސް ނިންމާލަން އުޅޭ.... އެއީ ވެސް ދިވެހި ކުންފުންޏެއް....

އިލްޔާސް ހުސެން

ވަރަށް ދުވަހު ދެމުމައްފަހު ތިޔަ ފައިސާ ގާސިމަށް ތިޔަ ލިބުނީ މަރުހަބާ......

ނާޝާ

ކިތަންމެ ނުރު ހުނަސް އެމީހަކަށް ހައްގު މިންވަރެއް އެމީހަކަށް ދޭންވާނެ. ވެރިކަން ބަދަލުވުމަކީ ދައުލަތް ބަދަލުވުމެއް ނޫން. އަދި ދައުލަތުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތައްވެސް އުވިގެން ދާންޖެހޭ ސަބަބެއް ނޫން.

ސަރުކާރު ގެނައުމުން ގާސިމްގެ ފައިދާ

ވިލާގެ ފަސް ކުންފުންޏަކުން 166 މިލިއަނަށް ވުރެ ގިނަ ޑޮލަރު (2.5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ) ހޯދަން މީރާ އިން ދައުވާކުރީ އެ ކުންފުނިތަކަށް ސަރުކާރުން ކުރިން ދޫކޮށްފައި ހުރި ރަށްތަކާއި ފަޅުތަކުގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. އެކަމުގެ އެފުށް މިފުށަށް މިވީ.

އޯކޭޑް

ޑަބްލިއުއެލްޓީއަށް ސަރުކާރުން ފައިސާ ދައްކައިފި ނަމަ އެއީ މަމެންގެ މައްސަލަ އެއް ނޫނޭ ސަބަބަކީ އެއީ ދިވެހި ކުންފުންނަކަށް ވެފައި އެމެންނަށް ދައްކަން ޖެހޭ ފައިސާ ކަމަށްވާތީއޭ...

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345