މޯލްޑިވްސް ޕޮލިސް ސާވިސް

އަފްހާމްގެ މަރު: ދެ އޮފިސަރަކު ލަންކާއަށް ހިނގައްޖެ

ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އަފްހަމް ނަސީރު --
25%
0%
75%

ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އަފްހަމް ނަސީރުގެ މަރުގެ މައްސަލައާ ގުޅިގެން ދިވެހި ފުލުސް ދެ އޮފިސަރަކު އެ ގައުމަށް ގޮސްފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ދެންމެ ވިދާޅުވެއްޖެ އެވެ.

ސީޕީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 23 އަހަރުގެ އަފްހަމްގެ މަރާއި ގުޅިގެން ލަންކާގެ ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގައި ދިވެހި ފުލުހުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. އަދި ފުލުހުންގެ ސީނިއާ އޮފިސަރަކާއި އިންވެސްޓިގޭޓިވް ކޮމާންޑްގެ އޮފިސަރަކު އެ ގައުމަށް ދިއުމަށް ފުރާފައިވާ ކަމަށެވެ.

އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރަމުންދާ ކަމަށްވެސް ބުުންޏެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވަނީ އަފްހަމްގެ މަރުގެ މައްސަލަ ސަމާލުކަމަށް އައިސްފި ކަމަށާއި އެކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަފްހާމް ނަސީރު ލަންކާގެ ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނީ މި މަހުގެ ފަސްވަނަ ދުވަހު އެވެ.

ދ. މީދޫ އަށް އުފަން އަފްހާމަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ)ގެ ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުން ދިޔަ ޒުވާނެކެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ހަސަނުގ

ހިސްޓްރީ ބަލާލީމަ އެނގޭނެ ކޮންކަހަލަ މީހެއްކަން. މަރުވާއިރަށް، ހީރޯ ހަދައިގެން ނޫޅެބަލަ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910