ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ރާއްޖެ މިހާލަތަށް ވެއްޓުނު ސަބަބު ބަލަން ޖެހޭ: ރައީސް ވަހީދު

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު --
100%
0%
0%

ރާއްޖެ މި ހާލަތަށް ވެއްޓުނު ސަބަބާމެދު ވިސްނާ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސް ވަހީދު މިހެން ވިދާޅުވީ އުމުރުން 22 އަހަރުގެ އަންހެނެއްގެ ކަރާއި އަތްފައި ބުރިކޮށް އަނިޔާވެރި ގޮތަކަށް މަރާލުމާއި ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ. ރައީސް ވަހީދު އެމަނިކުފާނުގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން އަންހެނަކު އަނިޔާވެރިކޮށް މަރާލި މަރާލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަނިޔާވެރި މަރާއެކު ރާއްޖެ އޮތީ ސިހުމެއްގެ ތެރޭގައި ކަމަށް ވިދާޅުވެ މިއީ ދިވެހީން ކުރީން ދެކުނު ރާއްޖެ ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އަހަރުތަކެެއް ކުރީން ރާއްޖެއަކީ މީހަކު މެރި ކަމުގެ އަޑުވެސް އިވިފައިވާ ގައުމެއް ނޫން ކަމަށާ މިއަދު ރާއްޖެ މިހާލަތަށް ދިޔަ ސަބަބުތަކާއި މެދު ފުންކޮށް ވިސްނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އުންމީދު ކުރަން އަޅުގަނޑުމެން މުޖްތަމައުއެއްގެ ގޮތުގައި ހުއްޓިތިބެ މިކަންކަމާމެދު ވިސްނާ މިފަދަ ކަންކަން ނުހިނގާނެ ގޮތަކަށް ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރާނެ ކަމަށް،" ރައީސް ވަހީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.

10 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ަަިިައަބޫ

ގައުމު މިހާލަތައް ވެއްޓުނީ ވަހީދު ބަގާވާތް ކުރުމުން

މަބުނީ

ރާއްޖެ މިޙާލަތަށް ދިޔުމަށް މަގު ކޮށި މީހަކީ ވަހީދު ބޣީ

ރަންނަ

ތީ މުޅިގައުމު ހަލާކަށް ވައްޓާލި މީހެއް. ހިނގަހިނގާ އޮތް ވެރިކަންވައްޓާލާ ދެން ގައުމަށް ވެރިވި ވެރިކަމުގަ ކިތައްމީހުންތޯ މަގުމައްޗަށް މަރާ ވައްޓާލީ؟ މަގުމަތީ އެންމެހާ ރައްޔިތުން ކުރިމަތީ ކަނތިލީ ކިތައްމީހުންތޯ؟ މިސްކިތު އަންދާލި މީހާވެސް އަހަނީ މީހުންކައިރީ ‘މަށޭ އެބަކިޔާތޯ’

އެނީ

ބަޤާވާތް ކޮށް އެފަދަ ބޮޑު ފިތުނައެއް އުފައްދާ އެ ފިތުނަ އުފެއްދި މީހުންނަށް އެއްވެސް އަދަބެއް ނުދީ ބޭނުންކަމެއް ކުރަން ދޫކޮށްފަ ތިބުމުގެ ސަބަބުން.

ޔަހުޔާ

ސަބަބަކީ ކަލޭކަހަލަ އަމިއްލަ އެދުން ބޮޑު ޕޮލިޓިޝަނުން

ޥާޏޫޒޫ

މިސްކިތުގަ ރޯކޮއްލީ މަށޭ އެބަކިޔާ ތަ؟ ލޮލް

މިނިވަން

ބައާވާތާ. ކޮރަޕްޝަން. ވައްކަން. ފިތުނަ ފަސާދަ، ފާހިސްއަމަލު. ރިސްވަތު. އަދުލުއިންސާފެއް ނެތުން. މިކަންތައް މި ރާއްޖޭގެ ގާނޫނުގައި މަނާ އެކަމަކު ކުރުން ހުއްދަ. ދެން ކޯއްޗެއް އިތުރަށް ބަލަން

އަލަމްގިރި

ސަބަބު ވަރަށް ސާފު. ނުޙައްޤުން ވެރިކަން ފޭރޭ މީހަކު މިބިންމަތިން ފާޅުވުން

ހުއި

މި ރާއްޖެ މިހާލަތަށް ވެއްޓުނީ ބަގާވާތް ކުރުމުންކަން ވަހީދަށްވެސް ރަގަޅަށް އެނގޭނެއެވެ. އިސްލާމްދީނުގައި ވަގާވާތާ ދުރުވުމަށް ބާރު އަޅަނީ އެހެންވެއެވެ.

ބާޣީވައްޑޭ

ބޮޑު ބަޣާވަތެއް ކުރީމަ މިހާލަތައް ވެއްޓުނީ! ކަމެއްވާއިރަށް އެކަމުގެ ނާޖާއިޒު ފައިދާނަގާ ކޮންމެހެން ނޫސްތަކުގެ ހެޑްލައިން އިން ޖާގަ ހޯދާ ރައްޔިތުން ގުނބޯ ހައްދަން އުޅޭނެ ކަމެއްނެތް! ކޮންމެ ސަރުކާރެއް އޮތަސް މިފަދަ ކަންކަމަކީ ސަރުކާރަކަށް ހުއްޓުވޭނެ ކަމެއް ނޫން! މޮޔަނުގޮވާ!

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910