މީހުން މެރުން

އަންހެނަކު މަރާލުން: ތުހުމަތުވާ މީހަކު ހައްޔަރު ކޮށްފި

މާލެ ގެއެއްގެ ތެރޭގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަންހެން މީހާގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރު ކޮށްފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މާލޭގެ ގެއެއްގައި ޒަހަމުތަކަކާއެކު އަންހެނަކު މަރާލާފައި އޮއްވާ ފެނިފައިވާ ކަމަަށެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ދަނީ އެ މީހާ މަރާލާފައި އޮއްވާ ފެނުނު ގޭގަައި ހަރަކާތްތެރި ވަމުންނެވެ. ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު އެ ސަރަހައްދުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ޝިއާއުއަށް ހަމަލާދީ މަރާލި މީހާއަކީ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް އެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުން މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ. އަންހެން މީހާގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.