މޯލްޑިވްސް ޕޮލިސް ސާވިސް

އަފްހާމް މަރާލި މައްސަލަ ސަމާލުކަމަށް އައިސްފި

ލަންކާގައި މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނު އަފްހާމް ނަސީރުގެ މައްސަލަ ދިވެހި ފުލުހުންގެ ސަމާލުކަމަށް އައިސްފި ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ފުލުހުންގެ އިދާރާއިން ބުނީ ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައި އޮއްވާ ފެނުފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އުމުރުން 21 އަހަރުގެ އަފްހާމް ނަސީރު ވެއްލަވައްތަ ބީޗް ސަރަހައްދުގައި މަރާލާފައި އޮއްވާ ފެނުނީ އިއްޔެގެ ވަގުތެއްގަ އެވެ.

ދ. މީދޫއަށް އުފަން އުމުރުން 21 އަހަރުގެ އަފޫ އަކީ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ދާއިރާއިން ލަންކާގައި ތައުލީމު ހާސިލުކުރަމުން އަންނަ ޒުވާނެކެވެ.

އާއިލާއިން ބުނި ގޮތުން އިފްހާމްގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އާއިލާއިން ބުނެ އެވެ.