ހައިކޯޓް

އިސްތިއުނާފް ނުނިމެނީސް ހައިކޯޓަށް ޗީފް އެޑްމިނިސްޓްރޭޓަރަކު ހޯދަނީ

ހައި ކޯޓުގެ ކުރީގެެ ޗީފް އެޑްމިނިސްޓްރޭޓަރު މުނާ: އޭނާގެ ވަޒީފާގެ މައްސަލަ އިސްތިއުނާފްގައި އޮއްވައި އެ މަގާމަށް މީހަކު ހޯދަން ވަނީ އިއުލާންކޮށްފައި
0%
0%
0%

ހައި ކޯޓުގެ ކުރީގެެ ޗީފް އެޑްމިނިސްޓްރޭޓަރު މުނާ މުހައްމަދުގެ ވަޒީފާގެ މައްސަަލަ ހައި ކޯޓުގެ އިސްތިއުނާފުގެ މަރުހަލާގައި އޮއްވައި އެ މަގާމަށް މީހަކު ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން އިއުލާންކޮށްފި އެވެ.

މަގާމުގެ ފެންވަރު ބެލުމަށް ހެދި އެސެސްމަންޓްތަކުން ލިބެން ޖެހޭ މާކްސް އަށް ވުރެ ދަށުން މާކްސް ލިބުނު ކަމަށް ބުނެ މުނާ މަގާމުން ވަކިކުރީ 2020 ވަނަ އަހަރު އެވެ.

އެ އެސެސްމަންޓް ހެދީ ޖޭއެސްސީގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރުުމަށް ހެދި އާ އުސޫލުގެ ދަށުންނެވެ.

ވަޒީފާއިން ވަކިކުރި މައްސަލަ މުނާ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ މައްސަލަ ނިންމީ މުނާއާ އެއްކޮޅަށެވެ. ނަމަވެސް ޑީޖީއޭއިން ފަހުން އެ ހުކުމް އިސްތިއުނާފްކުރަން ހައި ކޯޓަށް ހުށަހެޅިފަހުން އެ މައްސަލަ އަދިވެސް އޮތީ ނުނިމި ކޯޓުގަ އެވެ.

އެ މައްސަލައިގައި ގޮތެއް ނުނިމި އޮއްވާ ހައިކޯޓަށް އެޑްމިނިސްޓްރޭޓަރަކު ހޯދަން ޑީޖީއޭއިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

އެޑްމިނިސްޓްރޭޓަރަކު ހޯދަން އިއުލާންކުރީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރު ދުވަހުގެ މުއްްދަތަށެވެ. ނަަމަވެސް އެ ކޮންޓްރެކްޓް ފަހުން އިތުރުކުރެވިދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

ހައި ކޯޓުގެ ޗީފް އެމްމިނިސްޓްރޭޓަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ޖުމްލަ 20،894 ރުފިޔާ ލިބެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345