ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

މާލެއިން އެޕޮއިންޓްމެންޓާ ނުލާ މިހާރު ބޫސްޓާ ޖެހޭނެ

Feb 9, 2022
މީހަކު ވެކްސިން ޖަހަނީ: ބޫސްޓާ ޖަހާއިރު މިހާރު އެޕޮއިންޓްމެންޓް ހަދާކަށް ނުޖެހޭ -- ފޮޓޯ: އަވަސް
0%
0%
0%

ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ބޫސްޓާ ޑޯޒް -- ތިން ވަނަ ޑޯޒް -- މިހާރު އެޕޮއިންޓްމެންޓާ ނުލައި ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެެފި އެވެ.

އެޗްޕީއޭ އިން ބުނީ މާލޭގެ ވެކްސިން ސެންޓަރުތަކުން އެޕޮއިންޓްމެންޓް ނެތި މިހާރު ވެކްސިން ޖެހޭނެ ކަމަށެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހައިދެމުން އަންނަނީ ފައިޒާ ވެކްސިނެވެ. މިހާރު ވެކްސިން ފުރިހަމަވި ކަމަށް ބަލަނީ ވެސް ތިން ޑޯޒް ޖެހުމުންނެވެ.

އެޗްޕީއޭ އިން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައި ތިބި މީހުންގެ ކަރަންޓީނަށް ލުއި ދޭން ފަށައިފަ އެވެ. އެގޮތުން ޑައިރެކްޓް ކޮންޓެކްޓުން ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީނުވާކަށް ނުޖެހޭނެ އެވެ.

ކޮވިޑްގެ އަލާމާތްތައް ހުރެއްޖެނަމަ ޕީސީއާރް ޓެސްޓެއް ހަދަން ޖެހެ އެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ. އެކަމަކު ނަތީޖާ ލިބެންދެން އެމީހަކު ކަރަންޓީނުވާން ޖެހޭނެ އެވެ.

މި ލުއިތައް ދީފައި ވަނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނާ ވަކިން އުޅޭ މީހުންނަށެވެ. ބަލި ޖެހިފައި ހުރި މީހަކާ އެކީ އުޅޭނަމަ އެމީހާ ކަރަންޓީނުގައި ހުންނަ މުއްދަތުގައި ޑައިރެކްޓް ކޮންޓެކްޓުން ވެސް ކަރަންޓީނުވާން ޖެހެ އެވެ.

ބޫސްޓާ ޑޯޒް ދޭން ފަށައިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެންނެވެ. އޭރު ވަކި ބަޔަކަށް ދިން ނަމަވެސް 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް މިހާރު އަންނަނީ ބޫސްޓާ ޑޯޒް ދެމުންނެވެ. ކުރިން ބޫސްޓާ ޑޯޒް ޖަހައިދެމުން އަންނަނީ އެމީހަކު ބޭނުންވާ ގަޑިޔަކަށް، ބޭނުންވާ ވެކްސިން ސެންޓަރަކުން އެޕޮއިންޓްމެންޓް ހައްދައިގެންނެވެ. އެހެން ހެދުމުން ވަރަށް ގިނަ ވަގުތު ސަލާމަތްވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ރާއްޖެއިން އިއްޔެގެ ނިޔަލަށް 95،048 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
December
SunMonTueWedThuFriSat
123456789101112131415161718192021222324252627282930311234567891011