އަލިފާން

ސަޕްލައި ދޯންޏެއްގެ އިންޖީން ރޫމްގައި ރޯވެއްޖެ

ސިމެންތި ބަރުކޮށްގެން މާލެއިން ރ. ފުރަވެރިއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއްގެ އިންޖީން ރޫމްގައި އަލިފާން ރޯވެފައި ވަނިކޮށް ނިއްވާލައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ރޭ ދަންވަރު މި ހާދިސާ ހިނގި އިރު "މަދޫ 2" ނަމަކަށް ކިޔާ ދޯނީގައި ހަތަރު މީހުން ތިއްބެވެ. އެމްއެންޑީއެފުން ބުނީ ދޯނީގެ އިންޖީން ރޫމްގައި އަލިފާން ރޯވެފައިވަނީ ޒިޔާރަތްފުށި ކައިރިން ކަމަށާއި ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 3:10 ގައި ކަމަށާއި ސިފައިންގެ މަސައްކަތުން އަލިފާން ނިއްވައި މީހުން ސަލާމަތްކޮށްފައިވާ ކަމަށެވެ.