މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ޕްލާސްޓިކް މަދުކުރަން އެމްޕީއެލް, ޕާލޭއަށް އެހީވަނީ

ޕްލާސްޓިކް މަދުކުރަން އެމްޕީއެލްއިން ޕާލޭއާއެކު އެއްބަސްވުމުގައި ސޮއިކުރުން
0%
0%
0%

ރާއްޖޭގެ އެކި ސަރަހައްދަށް އުކާލައިފައި ހުންނަ ޕްލާސްޓިކް މަދުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޕާލޭއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ޕާލޭއަކީ ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ އެކެވެ.

މިއަދުު ހެނދުނު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އެވެ. އަދި ޕާލޭގެ ރާައްޖޭގެ ގޮފީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޝާހިނާ އަލީ އެވެ.

މިއީ އެއް އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެއްބަސްވުމެކެވެ.

އެއްބަސްވުމުގެ ދަށުން އެމްޕީއެލްގެ ހުޅުމާލެ ޓާމިނަލްގައި ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓެއް ގާއިމްކުރާނެ އެވެ. އަދި ޕާލޭގެ ވެހިކަލްތަކާއި ބޯޓުތަކަށް އެއްވެސް އަގަކާ ނުލާ މި ޓާމިނަލްއަށް ވަދެ ޕްލާސްޓިކްގެ ބާވަތްތައް ނެގޭނެ އެވެ.

ޝާހިނާ ވިދާޅުވީ އެމްޕީއެލްއާއެކުވި އެއްބަސްވުމުގެ ދަށުން ހުޅުމާލެއިން ޕްލާސްޓިކް އެއްކުރަން ބޮޑުތަނުން ފަސޭހަ ވެގެން ދާނެ ކަމަށެވެ.

"އަހަރުު ދުވަސްތެރޭގައި އަޅުގަނޑުމެން ހީކުރަނީި ހުޅުމާލޭގައި އެސްޓެބްލިޝް ކުރެވި އަޅުގަނޑުމެންނަށް އެމްޕީއެލްއާއެކު ކުރަމުންދާ މި މަސައްކަތް ވެސް ރަށް ރަށުން އަންނަ މި ބޯޓުތަކަށް ހާބަރުތަަކުގެ ޕްލާސްޓިކް މަދުކުރުމާ ކަންތައްތަކުގައި ބައިވެރިވެވޭނެ ކަމަށް." ޝާހިނާ ވިދާޅުވި އެވެ.

އެމްޕީއެލްއާއެކު ސޮއިކުރީ އެއް އަހަރު ދުވަހުގެ މުއްދަތަށް ނަމަވެސް މިއަށްވުރެ ގިނަ ދުވަހު މަސައްކުރެވޭނެ ކަމަަށް އުއްމީދުކުރައްވާ ކަމަށް ވެސް ޝާހިނާ ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345